ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމަށް ބިންދޫކުރުމުގައި އަގުތައް ކަނޑައަޅާފައިވާ އުސޫލު ސާފެއްނޫން: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގައި އެކި ޒޯންތަކުން ބިން ދޫކުރުމުގައި ތަފާތު އަގުތަކެއް ކަނޑައަޅާފައިވަނީ ކޮން އުސޫލަކުންކަން ސާފުނުވާ ކަމަށް ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ސަރުކާރުން ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގައި 20 އިސްލާހެއް ހިމެނެއެވެ. އެގޮތުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ދީފައެވެ.

ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ޤާނޫނަށް ގެނެވޭ އިސްލަހެއްގެ ދަށުން ރިސޯޓެއްގެ ބިމު ކުއްޔަށް ދައްކަންޖެހޭ އަދަދު ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމަށެވެ.

އުޝާމް  ވިދާޅުވީ މިހާރު ޤާނޫނުގައި ގޮތުން ހުރިހާ ހުރިހާ ސަރަހައްދެއްގައި ހިންގާ ރިސޯޓުތަކަށްވެސް އޮންނަނީ އެއް އަގެއް ކަނޑައަޅާފައި ކަމަށާއި އެގޮތުން ހުރިހާ ރަށަކަށްވެސް ނަގަމުން އަންނަނީ އަށް ޑޮލަރު ކަމަށެވެ. ނަމަވެސް މިހާރު މިގެންނަ އިސްލާހުގެ ދަށުން ބައެއް ޒޯންތަކަށް 8 ޑޮލަރު އަނެއް ބައި ޒޯންތަކަށް 6 ޑޮލަރުން ފެށިގެން 2 ޑޮލަރާއި ހަމައަށް ނެގުމަށް ހިމަނާފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ޒޯންތަކަށް އެކި އަދަދު ކަނޑައަޅާފައި ވަނީ ކޮން އުސޫލެއްގެ ދަށުންކަން ސާފުނުވާ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ހަމަ ތިބެފައި ލޭންޑު ރޭންޓު ފަދަ ދައުލަތަށް އާމްދަނީ ލިބޭ ކަމަކަށް ބަދަލު ގެނައުމަކީ ރަނގަޅުކަމެއް ކަމަކަށް ޤަބޫލެއްކުރެއްވޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް މީހުން އިންވެސްޓުކުރަނީ އަދަދުތަކަށް ބަލައިގެންނެވެ.އެ އަދަދުތަކަށް މިހެން ބަދަލު ގެނައުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް އުޝާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ.

“ޢިއްޒަތްތެރި ރައީސް އެއްވެސް ގޮތަކަށް ސާފެއް ނުވޭ މި ޒޯންތަކަށް އަދަދުތައް ކަނޑައަޅާފައި މިއޮތީ ކޮން އުޞޫލެއްގެ މައްޗަށް ބިނާކޮށްކަމެއް. މިސާލަކަށް ސ. އަތޮޅަށް މިއޮތީ އަކަމީޓަރެއް ދެ ޑޮލަރު ކަމަށް ކަނޑައަޅާފައި. ހއ. ހދ.ގައި މިއޮތީ 4 ޑޮލަރު ކަމަށް ކަނޑައަޅާފައި. މިހެން ހަމަ ތިބެފައި ލޭންޑު ރޭންޓު ފަދަ ދައުލަތަށް އާމްދަނީ ލިބޭ ކަމަކަށް ބަދަލު ގެނައުމަކީ ރަނގަޅުކަމެއް ކަމަކަށް ޤަބޫލެއްކުރެއްވޭނެ” ހުޝާމް

މީގެ އިތުރުން އުޝާމް ވިދާޅުވީ ބިމުގެ ކުއްޔަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލު ގެނައުމުން ދައުލަތުގެ އާމްދަނީން 137 މިލިއަން ރުފިޔާ މަދުވާ ކަމަށެވެ. އަދި ޓުއަރިސްޓު ރިސޯޓަކުން ދައުލަތަށް އާމްދަނީގެ ގޮތުގައި ޔަޤީންކަމާއެކު ލިބޭ ހަމައެކަނި ފައިސާއަކީ ބިމުގެ ކުލި ކަމުގައިވެސް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ބިމުކުލި އުނިވާ ގޮތަށް ބަދަލު ގެންނަ ސަބަބުވެސް ސާފުނުވާ ކަމަށާއި  މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމަށް ކުއްޔަށް ނަގާފައިވާ ބިންތަކުގެ ކުލީ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު ލިބޭއިރު، ހަމަހަމަ ފުރުޞަތެއް އެކަމުގައި ނެތް ކަމަށެވެ.

ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް އިޞްލާޙު ހުށައަޅުއްވަމުން ވިދާޅުވީ، 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރިސޯޓް ނުހެދި 85 ޓޫރިސްޓް ޕްރޮޕަޓީ އެބައޮތްކަމަށެވެ. އޭގެ ތެރެއިން 61 ރަށާއި 24 ފަޅާއި 14،650 ޓޫރިސްޓް އެނދު ނުހެދި ދައުލަތަށް ފައިސާ ނުލިބި އެބަހުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: