ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓިނު މުއްދަތު ކުރުކޮށްފިނަމަ، އިތުރު އައުޓްބްރޭކެއް އައިސްދާނެ: ނަޒްލާ

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ ފޮޓޯ: ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓިނު މުއްދަތު ކުރުކޮށްފިނަމަ، އިތުރު އައުޓްބްރޭކެއް އައިސްދާނެ ކަމަށާއި މިހާރު އަމަލުކުރަމުންމިދާ ކަރަންޓީނު އުސޫލަކީ ވަރަށް ފުރިހަމަ އުސޫލެއްކަމަށް ޑރ ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ ނަޒްލާ ވިދާޅުވީ މިހާރު އަމަލުކުރަމުންމިދާ ކަރަންޓީނު އުސޫލަކީ ވަރަށް ފުރިހަމަ އުސޫލެއްކަމަށާއި ކޮވިޑްގެ ހާލަތު ކޮންޓްރޯލްކޮށްފައިވާ ގައުމުތަކުންވެސް އަމަލުކޮށްފައިވަނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތަށް ކަމަށެވެ. އެގޮތުން ޗައިނާ، ނިއުޒިލަންޑް ސިންގަޕޯ އަދި މެލޭޝިޔާ ފަދަ ގައުމުތަކުންވެސް އަމަލުކުރީ 14 ދުވަހުގެ ކަރަންޓީނު މުއްދަތަށްކަމަށް ވިދާޅުވިއެވެ.

ކަރަންޓިނު މުއްދަތުތަކުގެ ދިރާސާއަކަށް އަލިއަޅުއްވާލައްވައި ޑރ ނަޒްލާ ވިދާޅުވީ ފަސް ދުވަހު ކަރަންޓީނު ކުރުމަށްފަހު ދޫކޮށްލައިފިނަމަ ދެނެގަނެވޭނީ އެންމެ 55 އިންސައްތަ މީހުން ކަމަށާއި އޭގެ މާނައަކީ ބަލިޖެހޭނެކަމަށް ބެލެވޭ 45 މީހުން ދޫވެގެންދާނެކަމަށެވެ. އަދި 7 ދުވަހުގެ ކަރަންޓީނު މުއްދަތަކަށްފަހު ދޫކޮށްލާކަމުގައިވާނަމަ، ދެނެގަނެވޭނީ ބަލި ޖެހޭނެކަމަށް ބެލެވޭ މީހުންގެ ތެރެއިން އެންމެ 80 އިންސައްތަ ކަމަށާއި 20 މީހުން ނޭންގި ދޫވެގެންދާނެ ކަމަށެވެ. 11 ދުވަހުގެ ކަރަންޓިނު މުއްދަތަކަށް އަމަލުކުރާނަމަ، 97 އިންސައްތަ މީހުން ދެނެގަނެވޭއިރު، 14 ދުވަހުގެ ކަރަންޓީނު މުއްދަތަކުން ބަލިޖެހިފައިވާ 99 އިންސައްތަ މީހުން ދެނެގަނެވޭނެ ކަމަށެވެ.

ނަޒްލާ ވިދާޅުވީ، ކުރު މުއްދަތަކަށް ކަރަންޓީނުވާންޖެހޭ ގައުމުތަކުގައިވެސް އިތުރު ހަރުކަށި ފިޔަވަޅުތަކެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން ގައުމުތަކުގައި މާސްކް އެޅުންފަދަ ކަންކަން ކުރަމުންދާއިރު، އަތޮޅުތެރޭގެ ރަށްތަކުގައި އަދިވެސް މާސްކް ގަވާއިދުން ނާޅާކަން ފާހަގަކުރެއްވިއެވެ. އަދި އެކަަކު ފަރާތުން ތިން މީހުންނަށް ބަލި ޖެހޭއިރު، ކޮންމެ ތިން މީހަކުން މީހަކު ބަލި ޖެހޭއިރު، އެކަން ދެނެގަނެވޭއިރު މުޅި ރަށުގައި ކޮވިޑްގެ އައުޓްބްރޭކެއް އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި އެހިސާބުން ކުރަންޖެހޭ މަސައްކަތްތައް އިތުރުވެ، އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިވާނެކަމަށް ވިދާޅުވިއެވެ.

ރަށުތެރޭގައި ބަލި ފެތުރެން ފަށައިފިނަމަ، ފަރުވާ ދެވޭނެ ފެންވަރު ނެތްކަމަށްވެސް ގަބޫލުކުރަންޖެހޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މާލެއިން ރަށަށް ދާން ބޭނުންވާ މީހުންގެ ހައްގުތަކެއް ވާފަދައިން އަތޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހައްގުތަކެއް ވާނެކަމަށްވެސް ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިހާރުވެސް، ކޮވިޑް ނޫން ބަލިތަކަށް ކިރިޔާ ފަރުވާ ދެވޭ ވަރުވަނީ. ކޮވިޑްގެ ކޭސްތަކެއް އަތޮޅުތެރެއަށް އައިސްފިއްޔާ ވަރަށް އުނދަގޫވާނެ

މީގެ އިތުރުން، އަންނަ އަހަރު ވެކްސިން ލިބޭނެކަމަށް ބެލެވޭއިރު މިކަމުގައި ވެސް އުޅެންޖެހޭނީ ޕަބްލިކް ހެލްތުގެ ދާއިރާގައި މަސައްކަތްކުރާ މީހުންކަމަށާއި އައުޓްބްރޭކެއް އަތުވެއްޖެނަމަ، އެކަމުގައިވެސް އުޅެން ޖެހޭނީ ޕަބްލިކް ހެލްތުގެ ދާއިރާގައި މަސައްކަތްކުރާ މީހުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މިހާލަތުގައި އިތުރު އައުޓްބްރޭކެއް އައިސްފިނަމަ، ވެކްސިން ރޯލް އައުޓްކުރުމުގައިވެސް ދަތިތަކެއް ދިމާވާނެކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ކަރަންޓީނު މުއްދަތާއި ގުޅޭގޮތުން ޓެގް ޓީމްގެ ފަރާތުން ޑރ ނަޒްލާ ތަފްސީލުތައް ހިއްސާކޮށްފައިވާއިރު، 14 ދުވަހުގެ ކަރަންޓީނު މުއްދަތަކީ އެކަށީގެންވާ މުއްދަތަކަށްވުރެ ދިގު މުއްދަތެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން، ސަރުކާރުގެ އިސްވެރިން ކުރައްވާ ދަތުރުތަކަށް ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ނުޖެހޭ ކަމުގެ ޝަކުވާ އާއި ފަތުރުވެރިންނަށްވެސް ޚާއްސަ އުސޫލުތަކެއްގެ ދަށުން ކަރަންޓީނުނުވެ ރަށްރަށަށް ދެވޭތީ އެކަމުގެ ޝަކުވާތައްވެސް ވަނީ ވަރަށް ގިނަވެފައެވެ. އަދި ކޮވިޑަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ކަމަށށް ބުނެ، ސަރުކާރަށާއި އެޗްޕީއޭއަށް ވަނީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: