ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުން: ރައީސް

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާއިން “ލީޑް ޑެސްޓިނޭޝަން އެވޯޑު” ރާއްޖެއަށް ލިބުނީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޠޭގެ ފެންވަރުގެ އެވޯޑްތައް ދީފައިވާއިރު، ރާއްޖެއަށް ލީޑް ޑެސްޓިނޭޝަންގެ އެވޯދު ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ދަންނަވާފައެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއަށް ލިބުނީތީ އެކަމާ ވަރަށް އުފާކުރައްވާ ކަމަށެވެ. ކޮވިޑް-19 ގެ މި ހާލަތުގައި ވެސް މިފަދަ އެވޯޑެއް ލިބުނީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ބުރަ މަސައްކަތުންކަން އެމަނިކުފާނު ފާހަކުރެއްވިއެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށްދިނުމަށް ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު، ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދެމުންދާއިރު ޚާއްސަ އުސޫލުތަކެއްގެ ދަށުން ރިޒޯޓްތަކާއި ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަ އަންނަނީ ދޫކުރަމުންނެވެ. ބޯޑަރު ހުޅުވާލި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންގައި އޮތް މުއްދަތުގެ ތެރޭގައި ވެސް އަދި މިހާރުވެސް މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އަދި ޓުއަރިޒްމް މިނިސްޓްރީއިން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް އޮތް ތަނެއްކަން ހާމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތެވެ. ލޮކްޑައުންގެ ތެރޭގައިވެސް ރާއްޖެއަށް ލިބިފައިވާ މަގްބޫލުކަން ކުޑަވިޔަ ނުދިނުމަށްޓަކައި، އެމްއެމްޕީއާރުސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެކުންފުނިން ހާމަކޮށްފައިވެއެވެ.

އެގޮތުން ބޯޑަރު ހުޅުވާލުމަށްފަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން އެކި ޕްރިވެލެޖް ޕެކޭޖްތައް ހިމެނޭގޮތަށް “މޯލްޑިވްސް ބޯޑަރ މައިލްސް”ގެ ނަމުގައިވެސް ޚާއްސަ ސްކީމެއް ވަނީ ތައާރަފްކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތްތައްވެސް މަޖިލީހުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.

މީގެ އިތުރަށް، މެދުކެނޑުމަކަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގައި އަލުން ފެށިގެން ކުރިއަށްދާއިރު މިދުވަސްވަރަކީ ފަތުރުވެރިކަމުގެ އާ އުކުޅުތަކެއް ތައާރަފްކުރަންޖެހޭ ދުވަސްވަރެއްކަން ސަރުކާރުން ފާހަގަކުރެއެވެ. އަދި ލޯކަލް ޓުއަރިޒްމް ރާއްޖޭގައި ފުޅާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: