ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް

މަނަފަރު ރިސޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެ އަށް ލިބިއްޖެއެވެ.

އެވޯޑު ރާއްޖެ އަށް ލިބިފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގައެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އިން ހޯދި އެންމެ ބޮޑު އެއް އެވޯޑެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެވޯޑު ރާއްޖެ އަށް ލިބުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ހާމަވި ކަމެއް ކަމަށެވެ.

މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ދުނިޔޭގައި ފަތުރުވެރިކަމަށް މަޝްހޫރު 22 މަންޒިލަކާއި ވާދަކޮށްގެންނެވެ. އޭގެތެރޭގައި ގްރީސް، މެލޭޝިއާ، ނިއުޒިލެންޑް، އެމެރިކާ، އިންޑިއާ، ސްޕެއިން، ދުބާއީ، ސްރީ ލަންކާ ފަދަ ގައުމުތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: