ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތީ މުޒާހަރާ ނުކުރެވޭނަމަ، ކަނޑުމަތީ ވެސް ސަރުކާރުގެ އިސްތިއުފާއަށް ގޮވާނަން: އިދިކޮޅު

އިދިކޮޅުން ކަނޑުމަތީ ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ޒިންމާދާރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅާނަމަ، ކަނޑުމައްޗަށް ނިކުމެ ވެސް ސަރުކާރުގެ އިސްތިއުފާއަށް ގޮވާނެ ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީނަށް އިއްވިތާ މިއަދަށް ވަނީ އެއް އަހަރުވެފައެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި ރައީސް ޔާމީނަށް އިއްވާފައިވަނީ ސިޔާސީ ހުކުމެކެވެ. އަދި އެކަމާއި އެންމެ ބޮޑަށް ގުޅުވަނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދެވި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑުކޮށް، ގާޒީ އަލީ ރަޝީދު މައްސަލަ ކުރިޔަށް ގެންދިއުމާއި ހަވާލުވުންނެވެ. އެއަށްފަހު އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދީފައިވާތީ އެކަމަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.

ކަނޑުމަތީ ހަރަކާތުގެ ތެރެއިން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޯޓުތަކުގައި މި ސަރުކާރުގެ ބޭފުޅުން ހިންގަމުން ދާ ޖަރީމާތައް ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ނާއިންސާފުން ހުކުމްތައްކޮށް މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނާގާބިލުކަން ފޮރުވުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންމެ ސަރުކާރެއްގައި ވެސް ރާއްޖެއިން އިސްލާމް ދީން ފޮހެލުމަށް މަސައްކަތް ކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ތަފާތު އެކި ދުވަސް މަތީން އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނަށް ކުޑައިމީސް ބަސް ބުނި މީހުންނަށް މި ސަރުކާރުން ބޮޑެތި މަގާމުތައް ދީފައިވާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު ވެސް ކުރިޔަށް ގެންދެވުނު ޕްރޮޖެކްޓެއް އަދި މަޝްރޫއުއެއް ވެސް ނެތް ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތައް އެއީ މި ސަރުކާރުގެ ޕްރޮޖެކްޓުތަކެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ. ޝިޔާމް ވިދާޅުވީ ރައްޔިތުންނާއި މެދު ނާއިންސާފުން އެތައް ކަމެއް ހިނގަމުން ދާ ކަމަށެވެ. ރައީސް ޔާމީނަށް ޖަލަށް ލާފައިވަނީ، އެމަނިކުފާނަކީ އެއީ މި ހުރިހާކަމަކާއި ވެސް ދެކޮޅަށް އަޑުއުފުލާނެ ބޭފުޅެއްކަން ސަރުކާރަށް އެނގޭތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއީ ރައީސް ޔާމީން ސިޔާސީ މައިދާނުގައި ހުންނެވިހާ ދުވަހަކު، ސަރުކާރަށް އުނދަގޫތައްވެ، ރައީސް ސޯލިހަށް އޮތް ތާއީދު ގެއްލިގެން ދާނެތީ ކަމަށެވެ.

މީގެ އިތުރުން މި އިހުތިޖާޖުގެ ތެރެއިން ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް ޝުޖާއު ވިދާޅުވީ ރައީސް ސޯލިހު ވެރިކަން ކުރަން ބޭނުންވަނީ އިދިކޮޅު ގޭގައި ބަންދުކޮށްގެން ކަމަށެވެ. މި ސަރުކާރަކީ ނާގާބިލު ސަރުކާރެއް ކަމަށާއި، މަގުމައްޗަށް ނިކުމެވޭނެ ހާލަތެއް ނެތް ނަމަ ކަނޑުމައްޗަށް ވެސް ނިކުންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުން ސަރުކާރު ދެކެ ފޫހިވެއްޖެ ކަމަށެވެ. އަދި ރައްޔިތުން މިއަދު ބޭނުން ވަނީ ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނު ވެރިކަމާއި ހަވާލުވުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ހުކުމަށް އެއް އަހަރުވީއިރު، އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އަދި ހައިކޯޓުގެ އަޑުއެހުންތައް އެއްކޮށް ނިންމާލާފައިވީ ނަމަވެސް މައްސަލައިގެ ހުކުމް އިއްވާފައި ނުވެއެވެ.

ފަސް އަހަރުގެ ހުކުމާއި އެކު ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: