ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނގުރާ ވިއްކުމާ ގުޅޭގޮތުން ދެއްކެވި ވާހަތަކަށް ޝިޔާން މާފަށް އެދިވަޑައިގެންވި

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) މާފަށް އެދިވަޑައިގެންފިއެވެ.

ރަށްރަށުގައި ބަނގުރާ އާންމު ކުރުމަށް ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޝިޔާން އަށް ފާޑުކިޔަމުންނެވެ. އަދި މިއީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާކަމެއްކަމަށް ދީނީ އިލްމުވެރިންވެސް ދަނީ ވިދާޅުވަމުންނެވެ.

މިކަމާ ގުޅިގެނއ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާން ވިދާޅުވީ އޭނާ ދެއްކެވި ވާހަތައް މީޑިޔާތަކުން ހަގީގަތް އޮޅޭ ގޮތަށް ގެނެސްފައިވާކަމަށާއި އެވާހަކަ ދެއްކެވީ އެއްވެސް ހާލެއްގައި މީހުން ދިރިއުޅޭ ރަށްތަކުގައި ބަނުރާ އާންމު ކުރުމަށް ހިއްވަރު ދިނުމަށް ނޫންކަމަށެވެ.

ޝިޔާނަށް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ އޭނާ ވެސް ދެކޮޅު ކަމަށެވެ. އޭނާ ދެއްކެވި މުޅި ވާހަކަ އޮޅުވާލައިގެން މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: