ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހިއްމު މަސައްކަތްތައް ނިންމަން ދައުރު އިތުރު ކުރަނީ

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލުމަށް ނިންމައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މުހިއްމު މަސައްކަތްތައް ނިންމާލުމަށްޓަކައި މި ދައުރު ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހަށް ދިގު ދަންމާލުމަށް ގަސްދުކުރައްވާ ކަމަށެވެ.

އެގޮތުން އެކަމަށް މިއަދު ވޯޓަށް އައްސަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ތިންވަނަ ދައުރު ދިގު ދަންމާލަން ނިންމާފައިވާއިރު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަން މިއަދު ވަނީ ފަށާފައެވެ.

އެގޮތުން ކޮންމެ މެމްބަރަކަށްވެސް ރިޕޯޓަށް ބަހުސް ކުރެއްވުމަށް 7 މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: