ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން ހިންގާފައިވާ ލާއިންސާނީ އަމަލުތައް ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ހިންގާފައިވާ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ބެލޭގޮތަށް އިންތިގާލީ އިންސާފުގެ ބިލު އިސްލާހުކޮށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރި މި ބިލަކީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018އާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ހުށަހެޅި ބިލެކެވެ. ސަރުކާރުގެ ފަރާތުން މިބިލު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދެވެ.

އިންތިގާލީ އިންސާފުގެ ބިލު ފުރަތަމަ ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ބިލުގައި ހިމަނައިގެންނެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ގިނަ އިޞްލާހުތަކެއް ގެނެސް މިހާރު ކޮމިޓީން ނިންމާފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށެވެ.

މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ފަހު، ކޮމިޓީން ނިންމާފައިވަނީ ރާއްޖޭގެ އެކި ޒަމާންތަކުގައި ލާއިންސާނީ ގިނަ އަމަލުތަކެއް ހިންގައި އެކަމުގެ ގެއްލުން ލިބިފައިވާ އެތައް ބަޔަކު ތިބިއިރު، މިފަދަ ބިލެއް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަތަށް އަންނައިރު އެފަދަ އަނިޔާ ލިބުނު އެންމެނަށް އިންސާފު ލިބެންޖެހޭ ކަމަށް ޤަބޫލު ކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މިނޫނީ ނުއުޅޭނެ ކަމެއްވާކަމަށް ހެދިގެންއުޅޭ ކަމެއްނުވާބަޔަކު ދުނިޔެ ފެށުނުދުވަހުން ފެށިގެން ހިގާފައިވާ ލާއިންސާނީ އަމަޅުތައް ބަލާނަމޭ ކިޔާބަލަ މުހައްމަދު އަމީންދީދީއަށް އަނިޔާވެރިވީ މީހަކު ދުނިޔޭގައެބަހުރިތަ ؟ ފުރަތަމަ އަމިއްލަގޭތެރެމައްސަލަތައް ބަލާފައެހެން ކަމަކާއުޅެބަލަ . ލަދެއް ނުގަނޭ މުޤައްރިރު ވެފަ އިންނާކަށް . ހަޔާތުގެ ކަންފުޅެއްވެސްނެތް .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: