ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނާއި ސުކޫކުގެ ތަފްސީލްތައް މަޖިލީހުގެ ރައީސަށް ހިއްސާކުރަން ޖެހޭގޮތަށް އިސްލާހު ހުށަހަޅައިފި

ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ---- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯނާއި ސުކޫކުގެ ތަފްސީލްތައް މަޖިލީހާއި ހިއްސާކުރަން ޖެހޭ ގޮތަށް ބަޖެޓް ރިޕޯޓަށް އިސްލާހެއް ހުށަހަޅައިފިއެވެ.

2021 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރިގޮތުގެ ރިޕޯޓަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެ އިސްލާހާއި މެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ދައުލަތުން ނަގާ ލޯނާއި، ސޮވަރިން ބޮންޑުގެ މައުލޫމާތާއި، ދައުލަތުން ވިއްކާ ސުކޫކާއި ޓީބޮންޑް ފަދަ ކަންކަމުގެ މައުލޫމާތު ހާމަކުރެވެން ޖެހޭ ކަމަށެވެ.

ނަމަވެސް އެގޮތަށް ފިނޭންސް މިނިސްޓްރީން އެ މައުލޫމާތުތައް މަޖިލީހަށް ހުށަހަޅަމުން ނުދާތީ، ބަޖެޓަށް އެ އިސްލާހު ހުށަހަޅަން ޖެހުނީ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

“ދައުލަތުގެ ފަރާތުން ނަގާ ލޯނާއި، ސޮވެރިން ގެރެންޓީ އާއި، އަދި ސުކޫކް ޓީ ބޮންޑް ވިއްކާ ނަމަ އޭގެ ފުރިހަމަ ހުރިހާ ތަފްސީލް ކާކަށްތޯ ވިއްކީ ކޮން ރޭޓެއްގައި ކޮން ކަމަކަށްތޯ، ފުރިހަމަ ތަފްސީލް ކުއަރޓަލީ ރިޕޯޓެއްގެ ގޮތުގައި މަނިކުފާނުގެ އަތްޕުޅަށް އަރުވަން ޖެހޭނެ. ވާހަކައަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެއޭ.” އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މިހާރު މިއަހަރަށް އޮތް ސުކޫކުގެ ކަންތައް ފިނޭންސް މިނިސްޓްރީން ކުރިއަށް އެބަ ގެންދާ ކަމަށެވެ.

މިއަދާ ހަމައަށްވެސް އެކަހަލަ މަސައްކަތެއް ހިންގާ ނަމަ މަޖިލީހަށް އެނގެން ޖެހޭނެ ކަމަށާއި، އެއީ ސިއްރުސިއްރުން ފިނޭންސް މިނިސްޓްރީއަށް އެކަނި ކުރެވޭނެކަމެއްނޫން ކަމަށް އީވާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: