ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އެއިޑްސް ފެތުރޭ ފަދަ އާދަތައް ފެންނަން އެބަހުރި: ނަސީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެޗް.އައި.ވީ، އެއިޑްސް ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ގޮވާލައްވައިފިއެވެ.

ހެލްތު މިނިސްޓަރ މިފަދައިން ގޮވާލެއްވީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެއްވި ޚިޠާބުގައެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމްގެ ޚިޠާބުގައި ވިދާޅުވީ ރާއްޖޭގައި ހަދާފައިވާ އެސެސްމަންޓްތަކާއި ދިރާސާތަކުން ދައްކާ ގޮތުގައި މިބަލި ފެތުރެން ދިޔުމަށް މަގުފަހިވާ ފަދަ އާދަތައް ފެންނަންއެބަހުރި ކަމަށެވެ. އެހެންކަމުން އެޗް.އައި.ވީ އެއިޑްސް އަކީ އިސްކަންދޭ ކަމެއްގެ ގޮތުގައި ބަލާ އެކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ރާއްޖޭގައި މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވިސްނަންޖެހޭކަމަށެވެ. މިނިސްޓަރ ވަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ބައްޔަށް ދެވޭ ފަރުވާ އާއި ފަރުވާއަށް ބޭނުންވާ އެހެނިހެން ވަސީލައްތައް ހަމަޖައްސާފައިވަނީ ސަރުކާރުން ހިލޭ ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައިކަމަށް ވިދާޅުވެފައެވެ.

“ރާއްޖޭގައި އެޗް.އައި.ވީ ޓެސްޓްކުރުމުގައި ގެންގުޅެނީ “ކޮންމެ މީހަކަށްވެސް ހިލޭ އެޗް.އައި.ވީ ޓެސްޓެއް ކުރުމަށް އެދެވިދާނެ، އަދި އެކަން ކޮށްދެވޭނެ” ކަމުގެ ސިޔާސަތު. ރާއްޖޭގައި ސިއްޙީ ޚިދުމަތް ދޭ ތަންތަނުންނާއި، މަދަނީ ޖަމްއިއްޔާ ތަކުންވެސް އެޗް.އައި.ވީ އަށް ޓެސްޓް ކުރުމުގެ ޚިދުމަތް ދެމުންދޭ. މި ފުރުސަތުގައި މި ޚިދުމަތް ދެއްވާ މަދަނީ ޖަމްއިއްޔާ ތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ހިތްވަރުދީ ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ އުއްމީދަކީ އަދި އިލްތިމާސަކީވީހާވެސް ގިނަ ބޭފުޅުން އެޗް.އައި.ވީ އަށް ޓެސްޓްކޮށް ބަލި ނެތްކަން ދެނެގަނެގެން ތިއްބެވުން.” ހެލްތު މިނިސްޓަރ އަހްމަދު ނަޞީމް ވިދާޅުވިއެވެ.

ރާއްޖޭގައި އެޗް.އައި.ވީ، އެއިޑްސް ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ބަލި މީހުންނަށް ބޭނުންވާ ފަރުވާގެ ކަންތައް ލުއި ފަސޭހަގޮތެއްގައި ލިބޭނެގޮތް ހަމަޖެއްސުމަށް ހެލްތު މިނިސްޓަރވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ބަލިމީހުންނާ ދޭތެރޭ ދެކޭގޮތާއި ތަފާތުކުރުން މުޖުތަމައުން ނައްތާލާ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެއަށް ލިބިފައިވާ ‘މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ ޖެހުން ނައްތާލެވިފައިވާ ޤައުމެއް’ގެ ނަން އެ ގޮތުގައި ދެމެހެއްޓުން މުހިއްމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑަށް އަޑުއިވިފައިވާ ގޮތުގައި އެޗް.އައި.ވީ އާ ދެކޮޅަށް އަދި ބައްޔަށް ފަރުވާދިނުމަށް މަސައްކަތް ކުރާ ފަރާތްތައް މަސައްކަތް ކުރަނީ މި ބަލީގެ ސަބަބުން ލިބޭ ވޭނާއި ކެކުޅުން އަދި އާއިލާތަކަށް ލިބޭ ގެއްލުމަށާއި ހިތްދަތިކަމަށްވެސް ވަރަށް ބޮޑަށް ރިއާޔަތްކުރެވި ބަލިމީހާއާއި އާއިލާއަށް ލިބޭ ނުތަނަވަސްކަން ކުޑަކުރުމަށް ވިސްނުމާއި ފިކުރުދީގެން. ބަލިން ރައްކާތެރިވުމަށާއި ބަލީގައި އުޅުމުގައި އެނގެންޖެހޭ ރަނގަޅު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީގެން.” ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: