ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ޑޯޒާއެކު ރަށްރަށަށް ގޮސް ކަރަންޓިންވާން ނުޖެހޭނެ: މިނިސްޓަރު ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒާއި އެކު ކަރަންޓީން ނުވެ ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުގެ ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ދަތުރުކުރުމަށް ފަސޭހައަކަށް ވެކްސިން ޕާސްޕޯޓް ތައާރަފްކޮށްފައިވާ ކަމަށާއި، ރާއްޖޭގައިވެސް ވެކްސިން ޕާސްޕޯޓް ތައާރަފްކުރުމަށް ނިންމާފައިވާކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ތަޢާރަފްކުރުންކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: