ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާންދޫ އާއި ނިލަންދޫ ހެލްތް ސެންޓަރުގެ ނުނިމި ހުރި މަސައްކަތް އަންނަ އަހަރު ނިމޭނެ: ނަސީމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ ދާންދޫ އާއި އެ އަތޮޅު ނިލަންދޫ ގެ ހެލްތު ސެންޓަރުގެ އެކްޓެންޝަން އާއި ލެބޯޓްރީގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހެލްތު މިނިސްޓަރު  ނަސީމް އާއި ސުވާލުކުރެއްވީ ގއ މާމެންދޫ އާއި ގއ ނިލަންދޫގެ ހެލްތް ސެންޓަރ އެކްސްޓެންޝަން އާއި ލެބޯޓްރީ ގާއިމްކުރުމުގެ މަސައްކަތް ހުއްޓި ގިނަދުވަސް ވެފައިވާތީއެވެ.

ޔައުގޫބް ވިދާޅުވީ އެ ދެރަށުގެ ހެލްތް ސެންޓަރު ގެ މަސައްކަތް އަލުން ފެށޭނެ ދުވަހެއް މިނިސްޓަރުގެ އަރިހުން ވަނީ ސާފުކޮށްފައެވެ.

ނަސީމް ވިދާޅުވީ ގއ މާމެންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލާއި ހަވާލު ކުރެވިގެން ކުރިއަށްގެންދެވުނު ޕްރޮޖެކްޓެއް ކަމަށެވެ. އެ ޕްރޮޖެކްޓް ނުނިމި ގިނަދުވަސްވުމުގެ ސަބަބުން މަޝްރޫއު ހަވާލުވި ފަރާތުގެ ކޮންޓްރެކްޓް ޓާމިނޭޓްކޮށް އެތަނުގައި ނުނިމިހުރި މަސައްކަތް ކުރިއަށްގެންދަނީ ހެލްތު މިނިސްޓްރީގެ ފަރާތުން ކަމަށް ނަސީމް ވިދާޅުވިއެވެ.

އެކްސްޓެންޝަން އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމާއި ލެބޯޓްރީ ގާއިމްކުރުމަށް އަޅަންޖެހޭ އިމާރާތްއެޅުމަށް ކޮންޓްރެކްޓަރަކާއި ހަވާލްކުރެވި ދެ ޕްރޮޖެކްޓް ގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާލެވޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ގއ ނިލަންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓަކީ ވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލާއި ހަވާލުކުރެވިގެން ކުރިއަށްގެންދެވުނު ޕްރޮޖެކްޓެއް ކަމަށެވެ. ޕްރޮޖެކްޓް ނުނިމި ގިނަދުވަސް ވުމުގެ ސަބަބުން ޕްރޮޖެކްޓް ޓާމިނޭޓް ކުރުމަށްފަހު އެތަނުގައި ނުނިމި ހުރި މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ފަރާތުން ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި އެކްޓެންޝަން އިމާރާތް ނުނިމިހުރި މަސައްކަތް ކުރުމާއި ލެބޯޓްރީ ގާއިމް ކުރުމަށް އަޅަންޖެހޭ އިމާރާތް އެޅުމަށް ދެފަހަރު މަތިން އިއުލާން ކުރުމުންވެސް ހުށައެޅި ބިޑްތައް އަގޮބޮޑު ކަމުން އަލުން އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރިލް މަހު ނިންމާލެވޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: