ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އުޅޭ އެންމެންނަށް ހިލޭ ކޮވިޑް ވެކްސިން ލިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ކޮވިޑް ވެކްސިން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ.ގަމު ރައްޔިތުންނާއި ބައްދަލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އެ ބައްޔަށް ވެކްސިނެއް ހޯދުމުގެ އެންމެފަހުގެ މަރުހަލާތައް ނިމި އެ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ގިނަ ގައުމުތަކުގައި ކުރަމުންދާ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެ ވެކްސިލް ހިލޭ ފޯރުކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން” ރައީސް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮވިޑުގެ ވެކްސިން ލިބެންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ސްޓިއަރިންގ ކޮމިޓީއެއް އުފައްދައި، އެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: