ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކުރާ މީހުން ދޫކުރާނަމަ، މިއީ އެމްޑީޕީ އޮތަސް ވަޅޯ ކޯލިޝަނެއް: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްކުރާ މީހުން ދޫކުރާނަމަ، އެމްޑީޕީއާއެކު އޮތް ކޯލިޝަނަކަށްވިޔަސް، މިކޯލިޝަން ވާނީ ވަޅޯ ކޯލިޝަނަކަށްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

24 ކިލޯގެ މަސްތުވާަކެއްޗާއެކު ހައްޔަރުކުރި މީހަކު، އުމުރު ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް އުވާލައި މިނިވަންކުރި މައްސަލައާ ގުޅިގެ ރައްޖޭގެ އޮންލައިން މީޑިޔާއެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓުވީޓު ކުރައްވައި މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ކޯލިޝަންގައި އެމްޑީޕީން ބައިވެރިވީ މިފަދަ ކަންކަން ހުއްޓުވާ ޖަޒީރާ ދިރިއުޅުމުގެ ވައުދުތައް ރައްޔިތުންނަށް ފުއްދާ ދިނުމުގެ އުންމީދު ގައިަކަމށެވެ. އަދި މިފަދަ ކަންކަން ކޯލިޝަންތެރޭން ތަކުރާރު ވާނަމަ ކޯލިޝަނެއް ގޮތުގައި އޮތަސް އޮންނާނީ އެމްޑީޕީ ފިކުރުނެތް “ވަޅޯ” ކޯލިޝަނެއްކަމަށް ވިދާޅުވިއެވެ.

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކުރަން އުޅެން މައްސަލާގައި ހ. އެވާޕީސް އަބްދުﷲ ސޮފަވްތު 25 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އޭނާ މަސްތތުވާތަކެއްޗާއެކު އަތުލއިގެންފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަށް އުމުރު ދުވަހުގތެ ޖަލު ހުކުމެއް އިއްވާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް، އޭނާ މިނިވަންކޮށްފައިވާކަމަށް ބައެއް މީޑިޔާތަކުގައި އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދި މިމައްސަލައާއި ގުޅިގެން އެއްވެސް އިދާރާއަކުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝިދަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކަށްވިޔަސް، އިބްރާހިމް ރަޝީދު ފާހަގަކުރެވެނީ ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީއަށާއި ސަރުކާރަށް ފާޑު ކިޔާ މެމްބަރެއްގެ ގޮތުގައެވެ. މަޖިލީހަށް ހުށައަޅާ ބިލުތަކަށާއި ސަރުކާރުން ނިންމަވާ ނިންމުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި މެމްބަރު އިބްރާހިމް ރަޝީދު އަންނަނީ ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: