ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދައުރުގެ ފަހު ޖަލްސާއަށް ފަހުވެސް އާންމުންނަށް ރައީސް ނަޝީދާއި ސުވާލުކުރުމުގެ ފުރުސަތު!

އާސްކް ސްޕީކަރގެ ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާއަށްފަހު، މިފަހަރުވެސް “އާސްކް ސްޕީކަރ” ޕްރޮގްރާމް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ އޮޮންނާނީ ޑިސެމްބަރު ހަތެއްވާ ހޯމަ ދުވަހުއެވެ. ބެލެވޭ ގޮތުގައި ހޯމަ ދުވަހުގެ ޖަލްސާގައި އޮންނާނީ މިހާރު ކޮމެޓީތަކުން މަޖިލީހަށް ހުށައަޅާފައިވާ ބައެއް ކޮމެޓީ ރިޕޯޓުތަކަށް ބަހުސްކުރުމާއި ކޮމެޓީ ރިޕޯޓުތަކަށް ވޯޓަށް އަހައި، ބިލުތައް ފާސްކުރުމެވެ.

މިފަހަރު “އާސްްކް ސްޕީކަރ” ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެރެއެވެ. މިއީ މަޖިލީހުގެ މަސައްކަތްތަކާއި ކަންތައްތަކާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ސުވާލުކުރުމުގެ ފޯރަމެކެވެ. މިފަދަ ފުރަތަމަ ފޯރަމެއް 169 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށްފަހުވެސް ބާއްވާފައިވާއިރު، އެފަހަރުވެސް އާންމުންގެ ގިނަ ސުވާލުތަކަކަށް ވަނީ ރައީސް ނަޝީދު ޖަވާބު ދެއްވާފައެވެ. މިއީ “އާސްކް ސްޕީކަރ” ބާއްވާ ދެވަނަ ފަހަރެވެ.

މި ޕްރޮގްރާމް އޮންނާނީ 7 ޑިސެންބަރު ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެއެވެ. މި ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވާނީ 7 ޑިސެންބަރުގެ މެންދުރު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު #AskSpeaker ބޭނުންކުރުމަށްވެސް މަޖިލީހުގެ އިދާރާއިން އެދިފައިވެއެވެ.

“އާސްކް ސްޕީކަރ” ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ދައުލަތުގެ މީޑިޔާ ގުޅިގެން ބާއްވާ ލައިވް ޕްރޮގްރާމެކެވެ. މިއީ، މިގޮތަށް އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ ދެވަނަ ޕްރޮގްރާމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: