ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އާއި މަރާލާފައިވާ މީހުންނަށް އިންސާފު ލިބުން ލަސްވާތީ މަޖިލީހަށް މައްސަލައެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ހިނގާދިޔަ މަރުތަކަށް އިންސާފު ލިބުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ. މި މައްސަލަ މިއަދު ހަވީރު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފައެވެ.

އެގޮތުން އެ މައްސަލައިގައި ބުނެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަކީ އިސްލާމްދީނާއި ގާނޫނު އަސާސީން އިންތިހާ އަށް ބާރުއަޅާ ކަމަކަށްވެފައި، އަދުލު އިންސާފު ގާއިމުކޮށް، ހައްގުތައް ކަށަވަރުކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމުކުރާ އަދި ދީމިގްރާތީ ވެރިކަމެއްގައި އެންމެ މުހިއްމު އުންސުރު ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ގިނަ މުފައްކިރުން ދެކޭއިރު، ކުރީގެ ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމާއި، އެކަމުގެ ސަބަބުން ޔާމީނަށް ނުހައްގު އަނިޔާ ލިބުމާއި ހައްގުތައް ގެއްލިގެންދާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

މީގެއިތުރުން އަނިޔާވެރިކޮށް މަރާލާފައިވާ ރ.މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް އާއި ޑރ.އަފްރާޝިމް އަލީ އާއި ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ރިލްވާން އަބްދުﷲ ގެ މަރުގެ މައްސަލަ ފަދަ އެތައް މައްސަލައަކަށް އިންސާފު ނުލިބި ލަސްވަމުންދާތީ އާއި އަދި އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއް ވެސް ނެތި، އެތައް އާއިލާތަކެއް މާޔޫސްވެ، އުއްމީދު ގެއްލި، އަދި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އިންސާފު ލިބުން ލަސްވަމުންދާ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމެއް ނެތި، އިންސާފު ލިބޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ، އިންސާފު ގާއިމުކުރުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް، ދައުލަތުގެ ސަމާލުކަން ދެއްވުމަށް އެދި މި މައްސަލަ މަޖިލީހަށް ހުށަހަޅާ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: