ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ ވަރުގަދަ ބާރަކީ، ރިވެތި އަހުލާގު: ރައީސް ސޯލިހު

އައިއޯޖީގައި ރާއްޖޭގެ ޓީޓީ ޓީމުން ހޯދި ކާމިޔާބީ ފަހަގަ ކުރުމުގެ ތެރެއިން/ ފޮޓޯ: އައިއޯއައިޖީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރުގައި އާއި، އަދި އެ ނޫން ވެސް މަސައްކަތެއްގައި ކާމިޔާބާއި ހަމައަށް ވާސިލްވެވޭނީ ރިވެތި އަހުލާގަކާއި، ރަނގަޅު ނަމޫނާއެއް ދައްކައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް މާޝަލް އާޓްސް ސެންޓަރ އަދި ހުޅުމާލެ ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއާއި ގުޅޭ ބޮޑެތި ޝަކުވާތަކާއި ކަންބޮޑުވުންތައް ހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ، މާލޭގެ ފަތާ ޓްރެކް ސަރަހައްދުގެ އިންތިޒާމުތައް ދޯހަޅިވެފައި އޮތުން ކަމަށެވެ. ޓްރެކް ސަރަހައްދަށް ތަމްރީނުތަކަށް ދާ ކުދިންނާއި ޒުވާނުންނަށް ހިޔާވާނެއް ގޮތެއް ނެތުމާއި، އެ ސަރަހައްދު ހާމަކަން ބޮޑު ގޮތެއްގައި އޮތުން އެއީ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުންގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

މި މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެކި ސަބަބުތަކާއި ހުރެ މައްސަލަތައް ލަސްވީ ނަމަވެސް ކަންބޮޑުވުންތަކަށް ނިމުމެއް އައިސްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަޙައްދު ނަމަވެސް، މޫދު ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވިފައެއް ނުވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލެއް، މާލެ ސަރަހައްދުގައި ގާއިމުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ބިން، ކަނޑައަޅާ މިވަގުތު ކުރިއަށް ދަނީ، އެންމެފަހުގެ ތަފްސީލީ ކުރެހުންތައް ތައްޔާރު ކުރުމުގެ މަސައްކަން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެެ. އަދި ކުރެހުންތަކުގެ މަސައްކަތް ނިމުނުހާ އަވަހަށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްގީކޮށްދީ، ކުޅުންތެރިން އުފައްދައިގެން. އަދި އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ކަންކަން ފަހިކޮށްދީގެން.” ރައީސް

ރައީސް ސޯލިހު ވިދާޅުވީ ކުޅިވަރުގެ ރޮނގުން ކާމިޔާބީ ލިބޭނީ އަދި އެކަމަށް އުންމީދު ވެސް ކުރަން ވާނީ އެކަށޭނެ މިންވަރަށް ވަސީލަތްތައް ތަރައްގީކޮށްގެން ކަމަށެވެ. އަދި އެކަމުގައި ހަމަހަމަ ފުރުސަތުތައް ގާއިމް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ގައުމީ އަދި ބައިނަލްއަގަވާމީ ފެންވަރުގައި، މިހާތަނަށް ހޯދި ގިނަ ކާމިޔާބީތަކުގެ ހަގީގަތަކީ، ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް ކަމަށެވެ.

“އަދި ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ އެންމެ ވަރުގަދަ ބާރަކީ، ރަނގަޅު އަޚްލާޤެއްގެ މަތީގައި ސާބިތުވެހުރުންކަން ޤަބޫލުކޮށް، ކޮންމެ ކުޅުންތެރިއަކީ ވެސް، ދީނީގޮތުންނާއި އަޚްލާގީ ގޮތުން ރީތި ނަމޫނާއެއް ދައްކާ ޒުވާނަކަށްވުމަށް އަޅުގަނޑު ގޮވާލަން.” ރައީސް

ރައީސް ސޯލިހު ވަނީ ކުޅިވަރުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިންނާއި، ޒުވާނުން ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖެއަށް ރީތި ނަން ހޯދައިދޭން މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: