ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހާއެކު އަންނަ އަހަރުގެ ބަޖެޓަށް ދެބިލައަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ: ނަޝީދު

ރައިޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓުއަރިޒްމް ގާނޫނަށް ހުށައަޅާފައިވާ އިސްލާހާއިއެކު އަންނަ އަހަރުގެ ބަޖެޓަށް ދޮޅު ބިލިއަނާއި ދެބިލައަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޓުއަރިޒްމްގެ ގާނޫނަށް ހޫށައެޅި އިސްލާހުގެ، މުޅި މަޖިލީހުގެ ކޮމެޓީ ރިޕޯޓު ހުށައަޅުއްވައި ދެއްވަމުން، ރައީސް ނަޝީދު ވިދާޅުވީ، ކުއްލިއަކަށް ޑެފިސްޓް ކުޑަވުމާއި، އާމްދަނީ އިތުރުވުމާއި ގުޅިގެން ބައެއް މެމްބަރުންނަށް ހައިރާންކަން ލިބިގެންދިޔަ ކަމަށެވެ. މިއީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫންކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން މިފަދަ ބޮޑު އާމްދަނީއެއް ލިބެން އޮތްކަން އެއީ މީގެކުރިންވެސް އެނގެން އޮތްކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް، މިއާމްދަނީ މިގޮތަށް ބޭނުންކުރާނެ ފުރުސަތު ހޯދައިދެވޭނީ، ވެރިކަން ހިންގާނެ ފުރުސަތު ލިބުމުންކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޒޯޓުތަކުގައި ސަރުކާރުގެ ހިއްސާ އޮތުމަކީ ރިޒޯޓުތައް ހިންގާ ބޭފުޅުން މާ ގަޔާވާ ކަމަކަށްްނުވާ ކަމަށެވެ. ރިޒޯޓެއްގައި ސަރުކާރު ހިއްސާ އޮންނަނަމަ، ލޯނުތަކަށް އެދުމަށްވެސް އުނދަގޫތަކެއް ހުންނަކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޓުއަރިޒްމްގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހުގެ ސަބަބުން، ކޮވިޑްގެ ހާލަތުގައިވެސް ރިޒޯޓުތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ގިނަ ރިޒޯޓުތަކަށް މިއަދު އެއް މިލިއަން، ދެމިލިއަން ޑޮލަރު މިހާލަތުގައި ބޭނުންވާކަމަށާއި އެހެންނަމަވެސް އެއްވެސް އެސެޓެއް ވިއްކައިގެން ނޫންގޮތަކަށް ރިޒޯޓުތަކަށް އެއަދަދު ލިބެން ނެތްކަން ފާހަގަކުރެއްވިއެވެ. އަދި ދަރަނިވެގެން އެފައިސާ ނެގުމަކީ މިވަގުތު ބުއްދިވެރިކަމަކަށް ނުވާނެކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޒޯޓްތަކުގެ ބިންތައް “ޕަރމަނަންޓް ސްޓޭ”އަށް ވިއްކަން ފަށައިފިނަމަ ކޭޝް ފްލޯ ރަނގަޅުވާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިއިސްލާހާއެކު، ބޭންކުތަކަށް ޑިފޯލްޓްވެފައިވާ ކުންފުނިތައް ނުވަތަ ރިޒޯޓުތައް ވިއްކާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މިހާރު ބޭންކުތަކުގައި ހުރި ރިޒޯޓުތައް ވިއްކާނުލެވޭ މައިގަނޑު ސަބަބަކީ ހަދަމުންދާ ރިޒޯޓުތަކަށް އެތަންތަން  ވެފައި އެއްވެސް ކަހަލަ އެސެޓެއް ނެތި ދަރަނި މާބޮޑުވުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް، މި އިސްލާހުތަކާއެކު އެކަންކަމަށް ހައްލުލިބިގެން ދާނެކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: