ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިފާއީ ވަކީލުން އެދޭ ހުރިހާ މައުލޫމާތެއް ދިނުން ލާޒިމެއް ނޫން: ޕީޖީ ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުގައި ކުރިއަށްދާ މައްސަލަތަކުގައި ދިފާޢީ ވަކީލުން އެދޭ ހުރިހާ މަޢުލޫމާތެއް ދައުލަތުން ދިނުން ލާޒިމު ނޫންކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ސުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިފާއީ ވަކީލުންނަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭން ޖެހޭނީ ތަހުގީގަށް ހޯދިފައިވާ މައުލޫމާތާއި ދައުވާގެ ތެރޭގައި ހިމެނޭ މައުލޫމާތުތައް އެކަނިކަމަށް ޖިނާޢީ އިޖުރައާތުގެ ގާނޫނުގައި ބުނެފައިވާކަމަށެވެ.

ޝަމީމް ވިދާޅުވީ ދިފާއީ ވަކީލުން އެދޭހާ މަޢުލޫމާތެއް ފޯރުކޮށްދޭން ޖެހޭކަމަށް ގަބޫލު ކުރުމީ ގިނަ ފަހަރަށް ވަކީލުންނަށް އޮޅިފައި އޮންނަ ކަމެއްކަމަށެވެ.

ޝަމީމް ވިދާޅުވީ ކޯޓުގެ ޙުކުމްތަކަކީ ހަމައެނި ލިޔުންތަކަށް ބިނާވެފައި އޮންނަ އެއްޗެއް ނޫންކަމަށާ، ހެކިންނާ ސުވާލުކުރުމާއި ހެކީގެ ސައްޙަ ކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތުވެސް މިހާރު ކޯޓުތަކުގައި ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: