ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ޕީޖީ އަދި ސަންޝިޔާމްގެ ލޯޔަރު އަހުމަދު މުއީޒް ހެއްކަށް ނުފޫޒު ފޯރުވުން ޓްވިޓަރ ގައި؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޕީޖީ އަހުމަދު މުއީޒަކީ ސަން ޓްރެވެލް ކުންފުނީގެ ލޯޔަރަކަށް ވެފައި މިހާރު ކްރިމިނަލް ކޯރޓްގައި ހިނގަމުންދާ ސަން ޓްރެވެލް ކުންފުންޔަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގް ކޭސް ގައިވެސް ތަހުގީގުން ފަށައިގެން ހިމެނޭ އެއް ދިފާއީ ވަކީލަކީ ކުރީގެ ޕީޖީ އަހުމަދު މުއީޒެވެ.

ކަން މިހެން އޮތް އިރު އަހުމަދު މުއީޒް ގެންދަވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ޒިޔަތު ސިއްހީ ގެއްލުމަށް ޑޮކްޓަރުގެ ލަފާގެ މަތީން ގޭބަންދުގައި ހުންނާތީ އަބަދުމެ ތަކުރާރުކޮށް ސަރުކާރަށް ފާޑުކިޔާ ޓްވީޓް ކުރަމުންނެވެ.

ނަމަވެސް ޓްވީޓް ފީޑްގައި މީޑިއާތައް ޓެގްކޮށް މީހަކުވަނީ އަހުމަދު މުއީޒަކީ ސަން ޓްރެވެލްގެ އަދި އެމް.އެމް.ޕީ.އާރު.ސީ މައްސަލައިގައި ހިމެނޭ ބޮޑެތި ކުންފުނި ތަކެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ލޯޔަރުކަން ކުރައްވަމުންގެންދަވާއިރު މިކުންފުނިތަކުގެ މައްޗައް ދައުލަތުގެ ހެކިވެރިންނަކީ އަދީބު އަދި ޒިޔަތު ކަމަށްވާއިރު މިވަރަށް އަހުމަދު މުއީޒު ސަރުކާރަށް އެއްޗިހި ކިޔާ މިދެފަރާތް ޖަލައްލާން ގޮވާލަނީ ހެއްކަން ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ނޫންތޯ ވަނީ ސުވާލު އުފައްދާފައެވެ. އަދި އެކަމަކީ އެތިކަލީ ނުވަތަ ސުލޫކީ ގޮތުން ވަރަށް ދަށުދަރަޖައިގެ އަމަލެއް ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އަދި ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލް ޝަހުދީ އަންވަރު ވެސް ވަނީ އަހުމަދު މުއީޒު އަބަދު އެއްމަސަލައެއްގައި އެކަނިތޯ ފާޑު ކިޔަނީ އަދި އެހެން ައްސަލަތަކުގައި ބަހެއްވެސް ނުބުނަންތޯ ވިދާޅުވެ ހަމަ އެޓްވީޓް ފީޑްގައި ވަނީ ސުވާލު އުފައްދާފައެވެ.

ސަންޓްރެވެލްގެ މަނީލޯންޑަރިންގް ކޭސްގައި އެތާންގެ އިސްވެރިންގެ ލޯޔަރެއް ގޮތުގައި ފުލުސް އޮފީހަށް އަހުމަދު މުއީޒު ވަޑައިގެންނެވިކަން ވަނީ ސަންގަށް ކަށަވަރުވެފައެވެ. އެހެންކަމުން ކްރިމިނަލް ކޯރޓްގައި ހިނގަމުންދާ ސަންޓްރެވެލް ކުންފުނީގެ މަނީ ލޯންޑަރިންގް ކޭސްގެ ދެކީ ވިޓްނަސް ޖަލަށް ލުމަށް ގޮވާލާ ސަރުކާރަށް ޕްރެޝަރ ކުރަމުންދަނީ އެމީހުން ޖަލައް ގެންގޮސް މިމައްސަލައިގައި އެމީހުންގެ ހެކިބަސް ދައުލަތައް ނުލިބޭނެ ގޮތް ހެދުމައްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި މިއީ ހެއްކަށް ފާޅުކަން ބޮޑުގޮތެއްގައި ނުފޫޒު ފޯރުވުން ކަމަށް ބެލިވިދާނެކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި މިއީ މަސްލަހަތު ފުށޫ އަރާ މައްސަލަތަކެއްކަމަށްވާއިރު މިކަންތައްތަކަކީ ބާރ އެސޯސިއޭޝަންގެ މެންބަރުކަންވެސް ކުރައްވާ އަހުމަދު މުއީޒު ފަދަ އިހުތިރާމް ލިބިގެންވާ އަދި ޒުވާން ލޯޔަރުންނަށް މިސާލަކަށް ވާންވީ ފަރާތަކުން ފެނިގެންދާނެ ވަރުގެ ކަންކަމެއް ނޫންކަމަށް ލޯޔަރުންވެސް އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: