ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރީދީ މަގުގައި އޮތް ކާރަކުން މަސްތުވާތަކެތީގެ ގޯނިތަކެއް، 10 މީހަކު ފުލުހުންގެ ހައްޔަރަށް!

ފަރީދީމަގުގައި ޕާކުކޮށްފައި އޮތް ކާރުން ފެނުނު މަސްތުވާތަކެތީގެ ގޯނި
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރީދީ މަގު ބަންދުކޮށް ކުރިޔަށްދާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި، 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކާރުގެ ޑިކީއަކުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ވަނީ، ފަރީދީ މަގު ހިމެނޭ ބޮޑު ސަރަހައްދެއް ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދު ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބަންދުކޮށް ޓޭޕް ދަމާފައިވާ ތަނުގައި ބަޔަކު ތިއްބެވެ. ފުލުހުން އެ ސަރަހައްދު ބަލާ ފާސްކޮށް މަސްތުވާތަކެތި އަތުލައިގަތީ އެ މީހުންގެ ހާޒިރުގައެވެ.

ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އަތުލައިގެންފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތި ކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމެންޓާއި، މެރިން ޕޮލިސް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. މައްސަލައިގައި އެކި ސަރަހައްދުތައް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: