ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ޖަލަށް ތަކެތި ވައްދަން އުޅެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރޯނެއް ބޭނުން ކޮށްގެން މާފުށީ ޖަލުގެ ތެރެއަށް ބަޔަކު ވައްދަން އުޅުނު ފޯނުތަކެއް ހިފަހައްޓައިފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރޯންއެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް އިލެކްޓްރޯނިކް ސާމާނުތަކެއް ވައްދަން އުޅެނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޑްރޯނެއްގެ އެހީގައި ޖަލަށް ވައްދަން އުޅުނު އަށް ފޯނާއި، ހަ ޗާޖަރާއި، ވައިފައި ރައުޓަރަކާއި، ޔޫއެސްބީ ކޭބަލްތަކާކާއި ދެ ސިމް ކާޑު ކަމަށެވެ. އެ ތަކެތީގެ ފޮޓޯ ވެސް އޭނާ ހިމަނުއްވާފައި ވެއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ޑްރޯންގެ ފޮޓޯއެއް ނެތެވެ. އޭނާގެ ޓްވީޓާ ގުޅިގެން ބައެއް މީހުން އެ ޑްރޯން ކޮބައިތޯ ސުވާލުވެސް ކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: