ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕަ މެޖޯރިޓީ އާއި އެކުވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރިން: އެމްޑީޕީ

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތާއެކުވެސް ސަރުކާރު ޖަވާބުދާރީކުރުވުމަށާއި ޒިންމާދާރުކުރުވުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރިކަމަށް ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީއިން އާންމުކުރަމުން އަންނަ ޚަބަރު ސިޓީގެ އެގާރަ ވަނަ އަދަދުގައި ޕާޓީއިން ޝާއިއުކޮށްފައިވާ ލިޔުމެއްގައިވަނީ މަޖިލީހުގެ 87 އަހަރުގެ ދިގު ތާރީޚުގައިވެސް މަސައްކަތްކޮށްފައިނުވާ މިންވަރަށް 2020 ވަނަ އަހަރު އެކަނި މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރަށް ބަލާލާއިރު ފުރަތަމަ ދައުރުގައި 42 ޖަލްސާ، ދެވަނަ ދައުރުގައި 47 ޖަލްސާ އަދި ތިންވަނަ ދައުރުގައި 28 ޖަލްސާ ވަނީ ބާއްވާފައެވެ.

ކޮވިޑް-19 ގެ ހާލަތުގައިވެސް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔަ ގެންދިޔުމަކީ ކާމިޔާބީއެއްގެ ގޮތުގައި މަޖިލީހުގެ އިދާރާއިންވެސް ފާހަގަކުރެއެވެ. މި ހާލަތުގައި ވެސް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާނުލައި ކުރިއަށް ގެންދެވުމާއެކު މުހިންމު ބިލުތަކެއް މަޖިލީހުން އަލަށް ފާސްކުރެވުނުކަމަށާއި މިހާރު ވުޖޫދުގައި ހުރި ގާނޫނުތަކަށް މުުހިންމު އިސްލާހުތަކެއް ހުށައެޅި ފާސްކުރެވިެގން ދިޔަކަމަށް އެމްޑީޕީއިން ފާހަގަކުރެއެވެ.އޭގެތެރޭޣައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލާއި، ތައުލީމުގެ ގާނޫނާއި، ފުލުހުންގެ ޚިދުމަތުގެ ބިލަކީ މުހިންމު މަސައްކަތްތަކެއް ގޮތުގައި އެޕާޓީއިން ފާހަގަކުރެއެވެ.

މި އަހަރުގެ ތިން ދައުރުގެ ތެރޭގައި ޖުމްލަ 49 ގާނޫނެއް ވަނީ ފާސްކޮށްފައެވެ. އެއީ ފުރަތަމަ ދައުރުގައި 13 ގާނޫނަކާއި ދެވަނަ ދައުރުގައި 21 އަދި ތިންވަނަ ދައުރުގައި 15 ގާނޫނެކެވެ. ކުއްލި މައްސަލައިގެ ގޮތުގައި 24 މައްސަލައެއް ހުށައަޅައިި ބަހުސްކުރިއިރު، 27 ގަރާރެއްގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީއިން އާންމުކޮށްފައިވާ ބަޔާނުގައި ވާގޮތުން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 65 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތާއެކުވެސް ރައްޔިތުންގެ މަޖިލީހުންވަނީ ސަރުކާރު ޒިންމާދާރުކުރުވުމަށާއި ޖަވާބުދާރީ ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މުޅި އަހަރުގެ މަސައްކަތަށް ބަލާއިރު 62 ފަހަރެއްގެ މަތިން ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުންވެސް މަޖިލީހުގެ ކޮމިޓީތަކަށްވެސް ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ބަޔާނުގައިވެއެވެ.

މަޖިލީހުގެ މިއަހަރުގެ މަސައްކަތްތައް ނިންމައި، މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގެންފައިވަނީ ޑިސެމްބަރު ހަތްވަނަ ދުވަހުގެ ޖަލްސާއަށްފަހުއެވެ. 2021 ވަނަ އަހަރުގެ ޖަލްސާތައް ފެށުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: