ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ހަފްތާގެ އާމްދަނީގެ 50 އިންސައްތަ، ދެހަފްތާ ތެރޭ ޗައިނާއަށް ދޭން ޖެހޭ: ރައީސް ނަޝީދު

ރައީސް ނަޝީދާއި ޗައިނާގެ ސަފީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ރާއްޖެއަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ޗައިނާގެ ބޭންކުތަކަށް ދައްކަންޖެހޭކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ސާދަ ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާގެ ބޭންކުތަކަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށާއި އެހެން ނަމަވެސް އެ ލޯނުތައް ދެއްކުން ފަސްކޮށްދީފައި ނުވާ ކަމަށެވެ. އަދި ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއްވެސް ހޯދަައިދީފައިނުވާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތަށްފަހު ރާއްޖެއަށް ނޭވާލުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް، ސާދަ ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަންޖެހޭއިރު އެއީ ރާއްޖޭގެ އާމްދަނީގެ ދެބައިކުޅަ އެއްބައިކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ރައީސް ނަޝީދު އަންނަނީ އަބަދުވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އެއީ ދަރަނި ދަންތޫރަތަކެއްގެ ގޮތުގައި ފާހަގަކުރައްވައި، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޗައިނާ ސަފީރަށާއި ޗައިނާ ސަރުލާރަށް ރައީސް ނަޝީދު އަންނަނީ އަބަދުވެސް ފާޑު ވިދާޅުވަމުންނެވެ. މާމަގެ ފައްޓަރުބައި ވިއްކާލައިގެންވެސް ދަރަނި ނުދެއްކޭނެކަމަށް ވިދާޅުވެފައިވާއިރު، އަންނަ އަހަރުގެ ބަޖެޓް ބުރަވެފައިވަނީވެސް ޗައިނާއަށް ދައްކަންޖެހޭ ލޯނުގެ އަދަދު ގިނަވުމުގެ ސަބަބުން  ކަމަށް މަޖިލީހުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ބަޖެޓު ބުރަވީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، އަނބުރާ ދައްކަން ބަލާއިރު ފަސް ބިލިއަނާއި ގާތްކުރާ އަދަދަކަށް ރުފިޔާ ލޯނު ދެއްކުމަށް ބަޖެޓުގައި ޖެހުމުންކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ މި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން، މާމަގެ ފައްޓަރުބައިގެ ބަދަލުގައި ޗައިނާއިން އިހުތިޔާރުކުރީ އެކުވެރިކަން ކަމަށާއި ޗައިނާއިން ރާއްޖެ ދަރަނި ދަންތުރައެއްގައި ޖައްސާކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވަނީ ހިޔާލީ ވާހަކަތަކެއް ކަމަށް ސަފީރު ވިދާޅުވެއެވެ. ރާއްޖެއަށް ވެސް އަދި ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް ވެސް ލޯނު ދެނީ ޝަރުތަކާއި ނުލައި ކަމަށާއި އެއްވެސް ގައުމަކުން ނޭދޭ ކަމެއް ޗައިނާ އިން މަޖުބޫރު ނުކުރާނެ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް ފަހަރުގައި އެކަންކަން ހިނގާ ގޮތުގެ ސައްހަ މައުލޫމާތު ލިބިވަޑައިގެންފައިނެތީ ކަމަށާއި، ޗައިނާއިން ދޭ އެއްވެސް ލޯނެއްގައި ރައީސް ނަޝީދު ތުހުމުމަތުކުރައްވާ ފަދަ ކަންކަން ނުހުންނާނެކަމަށް ސަފީރު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: