ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 ގެ ވެކްސިން ދޭނެ މީހުންގެ މައުލުމާތު އެއްކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19ގެ ވެކްސިން ޖަހާނެ މީހުންގެ މައުލުމާތު އެއްކުރަން ފަށައިފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވަނީ ކޮވިޑް-19 ވެކްސިން ޖެހުމަށް ކަނޑއެޅިފައިވާ ކެޓަގަރީގައިވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އަތޮޅުތެރޭގައި ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، މާލޭގައި މިމަސައްކަތް އަދި ކުރަން ނުފަށާ ކަމަށާއި މާލެއިން މިމަސައްކަތް ކުރަން ފަށާނެ ތާރީހެއް ހާމަކުރާނެ ކަމަށެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފެށުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ބޭނުންވާ ވެކްސިން ހިލޭ ލިބޭނޭކަމަށް އެޗްއީއޯސީއިން މައުލޫމާތުދެއެވެ.

އާބާދީގެ 20 އިންސައްތައަށް ވެކްސިން ލިބޭއިރު، ވެކްސިން އެންމެ ފުރަތަމަ ދޭނެ މީހުންގެ ތަރުތީބު މިހާރު ވަނީ ކަނޑައަޅާފައެވެ ކޮވިޑް ވެކްސިން ހޯދުމަށް އުފައްދާފައިވާ ގްރޫޕް . ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންގެ 17 އިންސައްތަ ޖެހުމަށް ހަމަޖެހިފައިވަނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށެވެ. އަދި ތިން ޕަސެންޓް ވެކްސިން ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

ވެކްސިން ވަކި ފިނިހޫނު މިނެއްގައި ބަހައްޓަންޖެހޭއިރު، ރާއްޖޭގައި ވެސް އެ ތަކެތި ރައްކާތެރިކަމާއެކު ރައްކާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި ބޭނުންކުރެވޭނީ ރައްކާތެރި އަދި ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ވެކްސިނެއް ނަމަވެސް، ކޮންމެ ބޭހެކޭވެސް އެއް ފަދައިން އެ ވެކްސިންގައިވެސް ސައިޑް އިފެކްޓްސް ހުރުން އެކަށީގެންވާ ކަމަށް އެޗްއީއޯސީއިން މައުލުމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: