ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ދައްކަންޖެހިއްޖެ ކަމަށް ބުނެ ނަޝީދު ހެދީ ދޮގު، ބަޖެޓަށް އެ ރައްކާ ކުރޭ: ސަފީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ދެ ހަފްތާ ދުވަހުގެ ތެރޭގައި، ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކަށް 15 މިލިއަން ޑޮލަރު ދައްކަންޖެހިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ދޮގު ކުރައްވައިފި އެވެ.

ޗައިނާއިން ނަގާފައިވާ ލޯނުތައް ލަސްކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދު ދަނީ ތަކުރާރުކޮށް ވާހަކަ ދައްކަވަމުންނެވެ. އަދި އެ ގައުމުން ނަގާފައިވާ ލޯނުތަކާއި، އަނބުރާ ދައްކަން ޖެހޭ އަދަދުތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކަވާފައި ވެއެވެ. މި ލޯނުތަކުގެ ސަބަބުން ގައުމަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ތަޅުމުގައި ވެސް އެމަނިކުފާނު ކަންބޮޑުވުންފާޅު ކުރައްވާފައި ވެއެވެ.

އެގޮތުން މިއަދުގެ ވަގުތެއްގައި ޓްވީޓެއް ކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ޗައިިނާގެ ބޭންކްތަކަށް، ދައުލަތުގެ ހަޒާނާ އިން 15 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި އެއީ އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ އާމްދަނީގެ ނިސްބަތުން 50 އިންސަައްތަކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވަނީ ރާއްޖެއަށް ހަމަނޭވާލާން ވެސް ފުރުސަތު ބޭނުންވާކަމަށް ވިދާޅުވެ، ނުރުހުންފާޅު ކުރައްވާފައެވެ.

ރައީސް ނަޝީދު ޗަައިނާގެ ލޯނުތަކާއި، ގުޅޭގޮތުން ދައްކަވާ ވާހަކަތަކަށް އެ ގައުމުގެ ސަފީރު އަބަދުވެސް ރައްދު ދެއްވާ ފާޑުވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވާ ސަފީރު ވިދާޅުވީ ރައީސް ނަޝީދު ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ސަފީރު ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތްކަން ބޭންކުތަކުން ހޯއްދެވި މައުލޫމާތުތަކުން ޔަގީންކުރެވިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ދަރަނި ބޮޑުވީ ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުންނެވެ. އަދި ޗައިނާއިން ގެންގުޅެނީ ދުނިޔޭގެ އެއްވެސް ޤައުމެއް ނުދަންނަ ބީރައްޓެހި ސިޔާސަތެއް ކަމަށް ވިދާޅުވެފައި ވެއެވެ. މަޖިލީހުގެ ރިޔާސަތުގައި ހުންނަވާ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދަރަނި ފަސްކުރުމަށް އެދުމުންވެސް އެކަމަށް ޗައިނާ އެއްބަސްވެފައި ނުވާކަމަށާއި، ކިތަންމެ ވަރަކަށް އެފައިސާ ހޯދަން އައިކަމުގައި ވީނަމަވެސް ނެތް އެއްޗެއް ނުދެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: