ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑި ރޭގަނޑަށް ބަދަލު ކުރަނީ!

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި. ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގޭބިސީތަކުން ކުނި އުކާލުމަށް ހަމަޖެހިވާ ގަޑިތައް ރޭގަނޑަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސިފާ ވިދާޅުވީ، ގަޑިތަކަށް ބަދަލެއް ގެނައުމަށް ނިންމާފައިވަނީ މާލޭގެ އެކި ސަރައްހަދުތަކުގައި ކުނި ނެރެފައި ބަހައްޓަންޖެހޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ސިޓީ ކައުންސިލާއި، ވެމްކޯ ދެމެދު ކުރިޔަށް ގެންދެވިފައިވާ ކަމަށް ސިފާ ވިދާޅުވިއެވެ.

ކުނި ނެރުމަށް ނިންމާފައިވާ ގަޑިއަކީ ސިފާ ވިދާޅުވީ ގޮތުން ރޭގަނޑުގެ 10 އާއި 12 ދެމެދު އެވެ. މި ގަޑިތަކަށް އަމަލު ކުރަން ފެށުމުން ކުނި ނެގުމުގައި ވެމްކޯއަށް ދިމާވާ ދަތިތަކަށް ވެސް ހައްލެއް އަންނާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކުނި ނެރެން ޖެހޭ ގަޑި ނޫން އެހެން ގަޑިތަކުގައި ކުނި ނެރޭ މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށް ސިފާ ވިދާޅުވިއެވެ. އަދި ކޮތަޅުތައް ރަނގަޅަށް ބަންދުކޮށްފައި ނުބެހެއްޓުމުގެ އިތުރުން، ކުނިވާ ޒާތުގެ އެއްޗެހި ގިނައިން ހުރުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ނުބައި ވަސް ހުންނަ ކަމަށް ސިފާ ވިދާޅުވިއެވެ. އޭގެ ސަބަބުން ކޮތަޅުތަކުގައި ހުންނަ ކާތަކެތި ބުޅާތައް ކައި، ހަދާކަމަށް ސިފާ ވަނީ ވިދާޅުވެފައެވެ.

ދުވާލު ގަޑިތަކުގައި މާލޭގެ މަގުތައް ހަލަބޮލި ވުމުގެ ސަބަބުން ވެމްކޯގެ ވެށިފާރަވެރިންގެ މަސައްކަތްތައް ދިގުލައިގެން ދާކަން ސިފާ ވަނީ ފާހަގަ ކުރައްވާފައެވެ.

ބައެއް ގެތަކުން ކުނި ބަލާ ދާ ގަޑި ނޫން އެހެން ގަޑިތަކުގައި ވެސް އިމާރާތްތަކުން ކުނި ތިރިއަށް ބާލާކަން ވެމްކޯއިން ވެސް ފާހަގަކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: