ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް

ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިންތަކެއް --- ގޫގުލް އި ިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އެއް ލައްކައަކަށް އަރައިފިއެވެ.

އެއް ލައްކަ ވަނަ ފަތުރުވެރިޔާއަކީ ސްވިޒަލޭންޑްގެ އަންހެން ފަތުރުވެރިއެކެވެ. އޭނާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ އެނބޫދޫ ވިލެޖްގައެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މި ފަތުރުވެރިޔާ އަށް މަރުހަބާ ދެންނެވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރިއު ސްޓުވަޓް އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިނާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވެސް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.

ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާ، އިޓަލީ، އިންޑިއާ، އިނގިރޭސި ވިލާތް، ޗައިނާ، ޖަރުމަނާއި ފްރާންސާއި އެމެރިކާ އާއި ސްވިޒަލެންޑާއި ޖަޕާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: