ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުލަ ލާފައި ހުރި ހިޔާ ފެލެޓެއްގެ ކުލަ ރީނދޫ ކުލައަށް!

ހުޅުމާލެ ފޭސް ދޭއްގެ އިމާރާތުގެ ކުލަ ބަދަލު ކުރަނީ/ ފޮޓޯ: ސަންގު ޓީީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުމާލެ ފޭސް ދޭއެއްގައި ތަރައްގީ ކުރި ހިޔާ ފްލެޓުތަކުގެ ކުލަ ބަދަލުކޮށް، ރީނދޫ ކުލަ ލަމުންދާކަމަށް ބުނެ އާއްމުންގެ ފާޑުކިއުން ސަރުކާރަށް އަމާޒުވާން ފަށައިފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރި ފްލެޓުތަކުގެ މަސައްކަތް ނުނިމޭކަމަށް ބުނެ، ފްލެޓުތައް ހަވާލުނުކޮށް ދިގުލައިގެން ދާ މައްސަލައިގައި ވެސް ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ. އަދި ފްލެޓުތައް ލިބޭ ފަރާތްތަކުގެ ލިސްޓު އާއްމުކުރިއިރު، ޕޮއިންޓު ދިނުމުގެ އުސޫލާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދަނީ ތަފާތު އެކި ވާހަކަތައް ދެކެވެމުންނެވެ.

ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކުރަމުން އަންނަ ބައެއް ފްލެޓުތަކުގެ މަސައްކަތް ވަނީ އެކީ ނިމިފައެވެ. އަދި އޭގެ ތެރެއިން ގިނަ ފްލެޓުތަކުގައި ކުލަ ލާފައިވެއެވެ. އެހެން ނަމަވެސް މީގެ ކުރިން ކުލަ ލާފައި ހުރި އިމާރާތެއްގެ ކުލަ ރީނދޫ ކުލައަށް ބަދަލުކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފޭސް ދޭއްގައި ނިމިފައި ހުރި ބައެއް އެހެން އިމާރާތްތަކުގައި ލާފައިވާ ކުލަތަކުގެ ތެރޭގައި އޮރެންޖު ކުލަ ހިމެނެއެވެ.

ހުޅުމާލެ ފޭސް ދޭއްގެ ވަކި ސަރަހައްދަކަށް އާމުންނަށް ވެސް ވަދެވެއެވެ. އަދި އެ ސަރަހައްދަށް ވަންނައިރު އެނެމެ ފުރަތަމަ ޖެހޭ، އިމާރާތްތަކުގައި މީގެ ކުރިން ހުރީ ކުލަ ލާފައެވެ. މިވަގުތު ކުލަ ބަދަލު ކުރަމުން ދާ އިމާރާތުގައި ހުރީ ސީދާ ފިޔާތޮށި ކުލަ ނޫންނަމަވެސް އެ ޝޭޑުގެ ކުލައެކެވެ.

ފެލެޓުތަކުގެ ކުލަ ބަދަލު ކުރަމުންގެންދާތީ އެކަމާ ނުރުހުން ފާޅުކޮށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ “ކުލަ ބަދަލު ކުރުމަކީ” ވެސް މި ސަރުކާރުގެ ބޮޑު މަޝްރޫއެއް ތޯ ސުވާލު އުފައްދާފައެވެ. އަދި މިދިޔަ ސަރުކާރުން ފަށާފައި ހުރި ޕްރޮޖެކްޓުތަކުގެ ނަން ބަދަލު ކުރުމާއި، އަދި ފްލެޓުތަކަށް ބަދަލު ގެނައުން މި ސަރުކާރުން ދެކެނީ އެއީ ބޮޑެތި މަޝްރޫއުތަކެއްގެ ގޮތުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތައް ހިއްސާކުރައްވާ، ޕީޕީއެމްގެ ނައިބް ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ރައީސް ޔާމީން ތަރައްގީ ކުރި ފްލެޓުތަކުގެ ކުލަ ބަދަލު ކުރުމަކުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދޭނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ފްލެޓުތަކުގެ ކުލަ ބަދަލު ކުރަން ނޫން ކަމަށާއި، ބޭނުންވަނީ ފްލެޓުތަކުގެ ހައްގުވެރިންނަށް ވީހާވެސް އަވަސް ބޯހިޔާވަހިކަމެއް ކަމަށް ޝިޔާމް ވިދަޅުވިއެވެ.

މީގެ ކުރިން ކުލަ ލާފައި ހުރި އިމާރާތެއްގެ ކުލަ ބަދަލު ކުރާ ސަބަބެއް އަދި ސާފެއް ނޫނެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓްރީއިން ވެސް ވަކި އެއްޗެށް ހާމަކޮށްފައި ނުވެއެވެ.

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ.

މި އަހަރުގެ ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެ ފްލެޓުތަކަކީ ކުރީގެ ސަރުކާރުން ކުރި ބޭކާރު ބޮޑު އިސްރާފެއް ކަމަށެވެ. އަދި އެތަނަށް ވަންނަން ގިނަ ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށާއި، އެއީ ދިރިއުޅެން ވެސް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
12%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 32%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 4%ވަރަށް ދެރަ 24%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: