ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަތަފަންދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭ އާ އިމާރާތުގެ ބިންގާ އަޅައިފި

ގދ.ރަތަފަންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެގެ ޢިމާރާތުގެ ބިންގާ އެޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ.ރަތަފަންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގޭ ޢިމާރާތުގެ ބިންގާ އަޅައިފި އެވެ.

މި ޢިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރ އަޙްމަދު ސަޢީދާއި ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފް އަސްލަމް އެވެ.

ކަރަންޓުގެ ގިނަ މައްސަލަތައް ދިމާވާ ރަތަފަންދުއަށް އާ އިންޖީނުގެއާއި އެކު ފަސޭހަތަކެއް ވެގެންދާނެ ކަަމަށް ފެނަކައިން ވަނީ ބުނެފައެވެ. އަދި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކުރިޔަށް ގެންދާ އެ މަޝްރޫއުއަކީ މި އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައި އޮތް މަސައްކަތެކެވެ. އެހެން ނަމަވެސް އިންޖީނުގޭގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ކޮވިޑުގެ ސަބަބުންނާއި، އާ އިމާރާތަށް ބޭނުންވާ ބިން ނުލިބި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް ރަތަފަންދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ރަތަފަންދޫގައި މިހާރު ބޭނުން ކުރާ އިންޖީނުގެ ހުންނަނީ، ތަށުގެ ރައްޔިތުން އުޅޭ ސަަރަހައްދާއި ކައިރި ތަނެއްގައިކަމުން ގިނަ ދަތިތަކެއް ދިމާވެއެވެ.

ރަތަފަންދޫ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ކުރިޔަށް އޮތް ދެ ހަފާތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެން ދާނެ އެވެ. އަދި މަސައްކަތް 09 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: