ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނަފަރުގައި ރޯވެފައިވަނީ އިންޖީނު ގޭގައި ހުރި ގުދަނެއްގައި، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

މަނަފަރު ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. މަނަފަރު ރިސޯޓުގައި އަލިފާން ރޯވެފައި ވަނީ އިންޖީނު ގޭގައި އުސްކޮށް ހަދާފައި ސާމާނު ލާފައިހުރި ގުދަނެއްގައި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ މަނަފަރު ރިސޯޓްގެ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަމުގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 04:35 ހާއިރު ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ފަޔަ ޓީމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ފަތިހު 05:45 ގައި ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

ދާދި ދެންމެއަކު އެމްއެންޑީއެފުން ބުނީ އަލިފާނުގެ މިހާދިސާގައި ޖެނެރޭޓަރާއި ޕެނަލް ބޯޑުގެ އިތުރުން ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: