ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް އަންދާޒާކޮށްފި

ރާއްޖެ 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި - ފޮޓޯ: ސަންގު/ މާހަތު ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފިއެވެ.

ކޮވިޑްގެ ސަބަބުން ބަންދުކުރުމައްފަހު ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް މިހާތަނަށް 1 ލައްކަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރާއިރު، އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ނެގުމައް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކޮށް ބޭރުގެ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ސަރުކާރާއި ކަމާގުޅޭ ފަރާތްތަކުން ކޯވިޑްގެ ހާލަތުގައިވެސް ވަނީ ގިނަ ކެންޕެއިންތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.

މިމަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައްވެސް އަލުން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: