ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް އެވޯޑު، ސާޓާ އެވޯޑްސް މި އަހަރު އޮންލައިންކޮށް!

ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް ސާޓާގެ ހަފްލާގެ ތެރެއިން/ ފޮޓޯ: ހައިރައިޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސާޓާ) ގެ އެވޯޑު އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިިފިއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އެވޯޑު ހަފުލާ، މި އަހަރު ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އޮންލައިންކޮށެވެ. ކޮވިޑުގެ ސަބަބުން އެވޯޑު ހަފްލާ ބޭއްވުމުގައި ދަތިތަކެއް ދިމާވީ ނަމަވެސް، ހައިރައިޒް އިން ނިންމާފައި ވަނީ ވީހާވެސް ކުލަ ގަދަކޮށް ރަސްމިއްޔާތު ކުރިޔަށް ގެންދުމަށެވެ.

އެވޯޑުގެ ކެޓަގަރީތަކަށް ވާދަކުރާ ފަރާތްތަކުގެ ޖަޖިންގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ސާޓާއިން ކޮންމެ އަހަރެއް ވެސް ފެށުމާއި އެކު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައެވެ. އެއާއި އެކު އޭޝިއާ ސަރަަހައްދުގެ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިތައް އެވޯޑަށް ކުރިމަތިލައެވެ. އޭގެ އިތުރުން ރާއްޖޭގެ ވެސް ފަތުވެރިކަމުގެ ދާއިރާ އަދި، އޭވިއޭޝަން ދާއިރާގެ ބޮޑެތި ކުންފުނިތައް އެވޯޑަށް ވާދަ ކުރެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީލަންކާ ހިމެނެއެވެ. އެވޯޑު ކެޓަގަރީތަކުގެ ތެރޭގައި “ވިޒިޓާސް ޗޮއިސް” އެވޯޑާއި، “ސްޕެޝަން ރިކޮގްނިޝަން” އެވޯޑު ހިމެނެއެވެ.

ހައިރައިޒް އިން މިއަހަރުގެ އެވޯޑުތަކުގެ އިވަލުއޭޝަންގެ މަސައްކަތްތައް ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެ ޖަޖިން ޕެންލްގައި މި ސަރަހައްދުގެ އެކި ބޭފުޅުންތައް ހިމެނެއެވެ. އަދި ކޮންމެ ގައުމެއްގެ ވެސް އެވެލުއޭޝަންތައް ކުރިޔަށް ގެންދަނީ ވަކިވަކީންނެވެ.

ސާޓާ އެވޯޑްސް 2020 އަށް 52 ކެޓަގަރީއަކުން 1،000 ފަރާތެއް ވަނީ ނޮމިނޭޓުވެފަ އެވެ.

މިއީ ސާޓާ އެވޯޑު ބާއްވާ ފަސްވަނަ އަހަރެވެ. އެންމެ ފުރަތަމަ މި އެވޯޑު ދީފައި ވަނީ 2016 ވަނަ އަހަރުގަ އެވެ. ސާޓާގެ އެވޯޑު މީގެ ކުރިން ލަންކާގެ ނިގަންބޯ އަދި މައުންޓްލެވީނިއާގައި ބާއްވާފައި ވެއެވެ. އޭގެ އިތުރުން އިންޑިއާގެ މުމްބާއީ އާއި އައްޑު ސިޓީގެ އީކުއޭޓާރ ވިލެޖުގައި ވެސް އެވޯޑު ހަފްލާ ބޭއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: