ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލި ފަހުން ކޮވިޑަށް ޕޮޒިޓިވްވީ 228 ފަތުރުވެރިން

ޝެއާރކޮށްލާ ކަހަލަދޯ؟

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 228 ފަތުރުވެރިން ކަމަށާއި ފަތުރުވެރިއެއްގެ ފަރާތުން ބަލި ފެތުރިފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަ އަލީ ރައްޒާން ވިދާޅުވީ ކުރިން އުންމީދު ކުރިވަރަށްވުރެ ރަނގަޅަށް ބޯޑަރު ހުޅުވާލިފަހުން ޓޫރިޒަމްގެ ކަންކަން ކުރިއަށްދާކަމަށެވެ. ޚާއްސަކޮށް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރެވި އަންނަ ޓޫރިސްޓުންނަށްވެސް ވަރަށް ރަނގަޅަށް ހިދުމަތް ދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 100،000 ފަތުރުވެރިން އައިސްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 228 ފަތުރުވެރިން ކަމަށެވެ.

“ލަައްކައެއްހާ ފަތުރުވެރިން އައިސްފައިވާއިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ފަތުރުވެރިންގެ ތެރެއިން މި ރެކޯޑް ކުރެވުނީ 228 ފަތުރުވެރިޔަކު. އެއީ އައި އެރައިވަލްގެ ގާތްގަނޑަކަށް 0.2 އިންސައްތަ،” ރައްޒާން ވިދާޅުވިއެވެ.

އަދި ޕޮޒިޓިވްވި ފަތުރުވެރިޔަކާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް، ކޯވިޑްގެ ނުރައްކާ މުޅި ރަށުގައި ނޫނީ ރިސޯޓެއްގައި އޮތުމުގެ ފުރުސަތު އޮތް އެއްވެސް ކޭސްއެއް ފެނިފައި ނުވާކަމަށާއި މިކަން މިގޮތަށް ކުރެވިފައިވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ އެހީއާއި އެކުގައިކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: