ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ކޮލެޖްތަކުގައި ކިޔަވައިދޭން ފެށޭނެކަމުގެ އުއްމީދު ބޮޑު – ޑރ.ހަސަން ހަމީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކަށް ދަރިވަރުން ހާޒިރުވެ، ކިޔަވައިދޭން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ.ހަސަން ހަމީދު ވިދާޅުވެއްޖެއެވެ

ހަސަން ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ ކޮވިޑް-19 އަށް ޕޮޒްޓިވްވި މީހުންނާއިއެކު ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒްޓިވްވި މީހުންގެ އެވްރެޖް 24.3 އަށް މަދުވެފައިވާ ކަމަށެވެ.

އޭޕްރީލް މަހު މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ސްކޫލްތަކާއި ކޮލެޖްތަކާއި ގައުމީ ޔުނިވަސިޓީ ބަންދުކުރި ފަހުން އަދި ކޮލެޖްތަކާއި ޔުނިވަސިޓީއަށް ދަރިވަރުން ހާޒިރުވެ ކިޔަވައިދިނުން ކުރިއަކަށް ނުގެންދެއެވެ.

ނަމަވެސް ސްކޫލްތަކުގެ މަތީ ގްރޭޑްތަކަށް މާލޭގައި ވަނީ ކިޔެވުން ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެ އިން އިއްޔެ ކޮވިޑް-19 އަށް ފައްސިވީ 20 މީހުންނެވެ. .

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: