ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު އަތުލި ވާހަކަ ގާސިމް ދޮޮގުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް -- ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު އަތުލައިގަނެފައިވާކަމަށް ބުނެ ކުރީގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފަވާ ވިދާޅުވި ވާހަކަތައް ގާސިމް ދޮގުކުރައްވައިފިއެވެ.

މުސްޠަފާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާސިމް، ޖަޕާނު މީހެއް އިނދަ ޖައްސާލާފައިވާކަމަށާއި، 15 މިލިއަން ޑޮލަރު އޭނާގެ އަތުން “ކައްވާލާފައި” ވާކަމަށެވެ. އަދި ސަރުކާރުގެ ކޯލިޝަނެއް ކިޔައިގެން އުޅެނީ ވައްކަން ކުރަން ކަމަށާއި އިތުރަށް ގާސިމް އެއްޗެކޭ ވިދާޅުވެއްޖެ ނަމަ މުޅި އެތި ފަޅާ އަރުވާލާނެ ކަމަށް ބުނެ މުސްތަފާ އިންޒާރު ދީފައިވެއެވެ.

މުސްތަފާގެ މި ވާހަކަތަކާއި ގުޅިގެން ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވދާޅުވެފައިވަނީ މުސްޠަފާ އޭނާއޭ ކިޔައިގެން ޓްވިޓާގައި ދައްކާފައި ވަނީު އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

“މިފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރައްވާށި، އާމިން.” ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: