ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޅު ރަށްތައް ވިއްކާ ހުސްކުރުމަކީ އިންސާފެއްނޫން: ހުސެއިން އަލީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފަޅު ރަށްތައް ވިއްކާ ހުސްކުރުމަކީ އިންސަފެއްނޫންކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ދަތުރު ދާނެ ރަށެއް ނެތް، “މަހުޖަނުން ހޮލިޑޭ ހޯމް ހަދަން ރަށްތައް ނުދީ” މިސުރުހީގެ ދަށުން މިހާރު އޮންލައިންގައި ޝާއިއުކޮށްފައިވާ ލިޔުމެއް ރީޓުވީޓުކޮށް އަލީ ހުސެއިން ވިދާޅުވީ އާންމު ރައްޔިތު މީހާގެ ބޭނުންތަކަށް ބެލުމެއްނެތި ފަޅުރަށްތައް ވިއްކާ ހުސްކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު، ކެންދޫ ނިސްބަތްވާ އަތޮޅުކަމަށްވާ ބ އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކްް ނަސީރުވެސް ވަނީ ދާދިފަހުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބ އަތޮޅުގައި މީހުން ދިރިއުޅޭ ރިޒޯޓް، ފަޅުރަށް، ފިނޮޅު ހިމެނޭގޮތަށް ޖުމްލަ 82 ރަށް އޮންނަކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ އެއްވެސް ފަރާތަކަށް ނުދީ މިވަގުތު އޮތީ ބާކީ 2 ރަށްކަމަށެވެ. އެއީ  މާއްޑޫ އަދި ދަކަންދޫއެވެ. އެހެންނަމަވެސް، ހަމައެކަނި ބާކީ އޮތް މިދެރަށް ދަނޑުވެރިކަމުގެ ނަމުގައި ދޫކޮށްލުމަކީ ވަރަށްބޮޑު ދެެރައެއްކަމަށާއި ބ އަތޮޅުން މިހާރުވެސް ދަނޑުވެރިކަމަށް 5 ރަށް އަދި އެކުއަކަލްޗަރ އަށް 1 ރަށް ދޫކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އެންމެ ރަނގަޅު ގޮތަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައި އެކަން ކުރުވުން ނުކުރާނަމަ އެރަށްތަށް އަނބުރާނެގުން ކަމަށާއި ދަނޑުވެރިކަން ކުރުމުގެ ނަމުގައި މިރަށްތަކުގައި މަހުޖަނުންގެ ހޮލިޑޭ ހޯމް ހެދުމަކީ އިންސާފެއްނޫންކަމަށް މަބްރޫކްގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ބ އަތޮޅު މާއްޑޫ ރައްޔިތުންނަށް ދިނުމަށް ގޮވާލާ ކަމަށާއި ، މާލޭ ރައްވެހިންނެކޭ އެއްގޮތަށް ބ އަތޮޅު ރައްޔިތުންވެސް ދަތުރު ގޮސް މޫދަށްއެރިލާނެ ރަށެއް ބޭނުންވާކަމަށް މަބްރޫކްގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: