ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްތަފާ ޤާސިމަށް: ލިޔެކިޔުން އެބަހުރި، ދެންވާނީ ފަޟީހަތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު އަތުލާފައިވާކަމަށް ކުރައްވާ ތުހުމަތާއިގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަންވެއްޖެ ނަމަ ޤާސިމްވާނީ ފަޟީހަތް ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްޠަފާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާސިމް އިބްރާހީމް، ޖަޕާނު މީހެއް “އިނދަ” ޖައްސާލާފައިވާކަމަށާއި، 15 މިލިއަން ޑޮލަރު އޭނާގެ އަތުން “ކައްވާލާފައި” ވާކަމަށެވެ. ނަމަވެސް ޤާސިމްވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.

އޭގެ ފަހުން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަޕާންގެ މީހާ އަތުން ޤާސިމް ނަންގަވާފައިވާ ފައިސާގެ މައްސަލައިގެ ލިޔެކިޔުން އެބަހުރިކަމަށެވެ. ޤާސިމް މިމައްސަލާގައި އިތުރަށް ވާހަކަ ދައްކާނަމަ ފަޟީހަތްވާލެއް މާބޮޑުވާނެކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އެ އިޝާރާތް ކުރައްވާ ބައެއް ލިޔުންތައް ދައުރުވަމުންދާ އިރު، އެލިޔުންތަކުގައި 2014 ވަނަ އަހަރު ފެށިގެން ކޮށްފައިވާ ބައެއް މުއާމަލާތްތައް އެގެން އެބަހުއްޓެވެ.  އެގޮތުން ޖަޕާންގެ އޭޑީއެކްސް އިންސް (ADX.Inc Pvt Ltd) ކިޔާ ކުންފުންޏަކުން، ފުޖީޓާ ކިޔާ މީހާކާއި  ޖަޕާންގެ ރައްޔިތެއް ކަމަށްވާ އަސަކުރާ ނަމަކަށް ކިޔާ މީހަކާއި އިބްރާހިމް ޒާހިރު ކިޔާ ދިވެއްސަކާއި ވިލާ ކުންފުނީގެ ނަމުގައިވާ އީމެއިލް އަކުން އިބްރާހިމް ރަޝީދު ކިޔާ މީހަކާއި ކޮށްފައިވާ މުއާމަލާތްތަކެއް ހުއްޓެވެ.

ދައުރުވަމުންދާ ލިޔުންތަކުގެ ސްކްރީން ޝޮޓެއް، އިބްރާހިމް ރަޝީދު ވިދާޅުވީ އެ އީމެއިލްއާއި މުސްތަފާ ދައްކަވާ ވާހަކައާއި އެއްވެސް ގުޅުމެއް ނެތް ކަމަށް

އަސަކުރާ އަކީ މުސްތަފާ އެ ތުހުމަތު ކުރައްވާ ފައިސާ، އޭޑީއެކްސް އިންސް އިން  ހޯދައިދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތެވެ. އެފައިސާ ހޯދާފައިވަނީ އޭނާ މެދުވެރިވެގެންކަން ލިޔުންތަކުން އެނގެއެވެ.

އީމެއިލްގައިވާ އެ ވާހަކަތަކުގައި ފައިސާގެ މުއާމަލާތްތަކެއް ކުރާ ވާހަކަ ދައްކާފައިވެއެވެ. އަދި ހަތަރު މީހެއް ޕޮލިސް ރިކޯޑް ހޯދަން ހުށަހަޅާފައިވާ ވާހަކައަކާއި ބޭންކަކުން ރެފެރެންސް ހޯދުމަށްފަހު، ކޮންމެވެސް ފަރާތެއްގެ ހިއްސާއެއް އެހެން ނަމަކަށް ބަދަލުކުރުމުގެ ވާހަކަތަކެއް ދައްކާފައިވެއެވެ. ނަމަވެސް އޭގެން އެއްވެސް ވާހަކައެއްގައި ޤާސިމްގެ ނަން އައިސްފައެއް ނެތެވެ.

އެކަމާއި ގުޅިގެން ސަންގާއި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ އެ އީމެއިލްއަކީ، މުސްތަފާ ދައްކަވާ ވާހަކައާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، ވިލާ ކުންފުނީގެ އީމެއިލް އަކުން ކުރި މުއާމަލާތަކަށްވިޔަސް އެއީ އަމިއްލަ ކަމަކު، އަސަކުރާ އަދި ޒާހިރު ކިޔާ މީހަކާއި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ 2014 ވަނަ އަހަހަރުގެ މުއާމަލާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވިއެވެ.

ދައުރުވަމުންދާ ލިޔުންތަކުގައި ހިމެނޭ ޓައިމްލައިންގެ ސްކްރީން ޝޮޓެއް

މީގެ އިތުރުން އޭގައި ހިމެނޭ ބައެއް ލިޔުންތަކުގައި ތަފާތު އެކި ފަހަރުމަތިން ފައިސާ މުއާ މަލާތްތަކެއް ހިންގި ކަމަށްބުނާ ލިޔުންތަކެއްވެސް ވެއެވެ. އޭގައި ވާ ގޮތުން ޑޮނޭޝަނެއްގެ ގޮތުގައި 25 މިލިއަން ޖަޕަނީޒް ޔެން ދީފައިވާ ކަމަށް ބުނެފައިވެއެވެ.

އެކަމުގައި ހިމެނޭ ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ރާއްޖޭގެ ކަމާއިބެހޭ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާތީ އޭރުގެ ސަރުކާރާއި އެމްއެމްއޭގެ އިސްވެރިންނާއި ބައްދަލުކޮށްފައިވާ ކަމަށްވެސް ބައެއް ލިޔުންތަކުގައިވެއެވެ. އެގޮތުން އެމްއެމްއޭ، އާއި ފިނޭންސް މިނިސްޓްރީގެ ވެރިންނާއި ބައްދަލުކުރި ކަމަށް އެލިޔުންތަކުގައިވެއެވެ. ނަމަވެސް އޭގެން އެއްވެސް ފަރާތަކަށް ގުޅޭގޮތް ނުވުމުން އެބޭފުޅުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

މީގެން އެއްވެސް ފަރާތަކަށް ގުޅޭގޮތް ނުވުމުން އެބޭފުޅުންގެ ބަހެއް ލިބޭ ގޮތެއް ނުވި

އޭގެ ފަހުން ޑޮނޭޝަންގެ ގޮތުގައި ގާސިމަށް 25 މިލިއަން ޖަޕަނީޒް ޔެން ދިންކަމަށްބުނާ ލިޔުމުގައި ވަނީ، ނަގުދު ފައިސާގެ ގޮތުގައި 25 މިލިއަން ޔެން، ޖަޕާނުގެ ބޭންކެއް ކަމަށްވާ ޔޫއެފްޖީ ޝިބުޔާ ބަރާންޗްއަށް ޖަމާކުރީ އަސަކުރާވެސް ހުރެގެން އީމެއިލްގައި ނަން އައިސްފައިވާ ފުޖީޓާގެ ވެސް ހާޒިރުގައި ކަމަށެވެ. އެއީ 31 ޖުލައި 2014 ގައި ކަމަށްވެއެވެ. އަދި އޭގެ ފަހުން އެއްވެސް ޚަބަރެއްނުވާތީ އެފައިސާ އަބުރާ ހޯދުމުގެ މަސައްކަތް 2015 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށް ލިޔުންތަކުގައިވެއެވެ.

މުސްތަފާ ކުރެއްވި ތުހުމަތާއި ގުޅިގެން ޤާސިމް ވިދާޅުވީ މުސްޠަފާ ހާމަކުރައްވާފައިވާ ވާޖަކަތަކަކީ އެއްވެސް ހަޤީގަތެއްނެތް ވާހަކަތަކެއްކަމަށާއި، މުސްޠަފާ އިތުރުފުޅު ހައްދަވަނީކަމަށެވެ. އެއީ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވަމުން ޤާސިމް ވަނީ އެފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތްކުރުމަށް އެދި ދުޢާ ދަންނަވާފައެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: