ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިގު މުއްދަތަށް ބޭސްކުރަން ޖެހޭ ބަލިތައް ދެނެގަންނަން ސާވޭއެއް ފަށަނީ

ޖުމުހޫރީ މައިދާނުގައި މަޑުކޮށްލައިގެން ތިބި ބިދޭސީންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރިއުޅުކުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް މާލޭ ސަރަހައްދުގައި ދިރާސާއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ އެފަދަ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ހިމެނޭ ގޮތަށް މި ދިޔަ އަހަރު ކުރަން ފަށާފައިވާ ދިރާސާ “ސްޓެޕް ސާވޭ” މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަޙައްދުގައި ކުރިޔަށް
ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޕީއޭ އިން އިސް ނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ގުޅިގެން ކުރިޔަށް ގެންދާ އެ ދިރާސާ ކުރުމަށް ގުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރާތްކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެ ސާވޭގައި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް ތިބޭނީ ގައުމީ ޔުނިވާސިޓީން އެކަމަށް ދޫކޮށްފައިވާ ފާހެއް އަޅުއްވައިގެން ކަމަށް ބުނެ އެވެ.

އަދި އެ ސާވޭ ކުރިޔަށްގެންދިއުމަށް އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ވެސް އެދިފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: