ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލި ފަހުން މާފުއްޓަށް 2200 އަށްވުރެ ގިނަ ފަތުރުވެރިން

ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުއްޓަށް ބޯޑަރު ހުޅުވާލިފަހުން 2200 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ކޮވިޑްގެ ސަބަބުން ގެސްޓްހައުސް ސިނާއަތް ބަންދުކޮށްފައި އޮތުމަށްފަހު އެންމެ ފުރަތަމަ ފަތުރުވެރިންނަށް ހުޅުވާލާފައިވަނީވެސް މާފުށީގެ ގެސްޓްހައުސްތަކެވެ.

މާފުށި ހެލްތު ސެންޓަރުން ބުނީ ބޯޑަރު ހުޅުވުނުފަހުން މާފުއްޓަށް 2200 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިހާތަނަށް 15 ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އެކްޓިވް ކޭސްގެ ގޮތުގައި އެ ރަށުގައި ހަތަރު ކޭސް އުޅޭ ކަމަށް މާފުށި ހެލްތު ސެންޓަރުން ބުނެއެވެ. އަދި ރަށުގެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ހެލްތް ސެންޓަރުން ބުނީ މާފުށީ ގެސްޓްހައުސް ހުޅުވާލިފަހުން މިހާތަނަށް 15 ފަތުރުވެރިއަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މީގެތެރެއިން 11 ފަތުރުވެރިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި ހަތަރު މީހުން އެބަތިބި ކަމަށް މާފުށީ ހެލްތް ސެންޓަރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: