ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީއިން މަޝްރޫރުތައް ތާރީހަށް، ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ގައުމަށް ދިމާވެފައިވާ އިގްތިސޯދީ ދަތިތަކާ އެކު ވެސް އެމްޓީސީސީން މި އަހަރު ނިންމާލާނީ ކުންފުނީގެ ހަޔާތުގައި ވެސް އެންމެ މަތިން ސާފު ފައިދާ ލިބުނު އަހަރުގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްކެވި ވާހަކައިގައި ރައީސް ސޯލިހު ވިދާޅުވީ މީގެ 40 އަހަރު ކުރިން، އެމްޓީސީސީ އުފައްދާފައި ވަނީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކެއް، ވީހާ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި، ރަށްރަށުގައި ލާފައިވާ ކަނޑު ތޮއްޓާއި އެއްގަމު ތޮށިތަކާއި، ބިން ހިއްކުމުގެ މަސައްކަތްތަކަކީ އެމްޓީސީސީ އުފެދިގެން އައިސް އެންމެ ފުރަތަމަ ފެށި އެއް މަސައްކަތްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ. އަދ ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ އުމްރާނީ ތަރައްގީގެ ތެރެއިން ބަނދަރު ހެދުމާއި، ގޮނޑުތައް ހިމާޔަތް ކުރުމުގެ މަސައްކަތްތަކަކީ އެއީ ކުންފުނީގެ މައިގަނޑު އެއް މަސައްކަތް ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން އެމްޓީސީސީއިން ކުރި މަސައްކަތްތަކައް ފާހަގަ ކުރައްވާ ރައީސް ސޯލިހު އެކަމަށް ޝުކުރު އަދާ ކުރެއްވިއެވެ.

“ރާއްޖޭގެ އިގްތިސާދީ ދާއިރާތަކަށް ބަލާއިރު، މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގައިވެސް، މިދިޔަ 40 އަހަރުގެ ތެރޭގައި އެމްޓީސީސީން އަދާކޮށްފައިވަނީ ޝުކުރުވެރިވުން ހައްގު ދައުރެއް. މަސްދޯނިފަހަރަށް ބޭނުންވާ އިންޖީނާއި، އިންޖީނުގެ ސްޕެއާޕާޓްސް ފޯރުކޮށްދިނުމުގެ ހިދުމަތަކީ، ދިވެހި މަސްވެރިކަން ތަރައްގީވެ ދެމިއޮތުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ހިދުމަތެއް. މީގެ އިތުރުންވެސް، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ވަރަށް ގިނަ ހިދުމަތްތައް މިކުންފުނިން މިހާރު ދެމުން އެބަގެންދޭ. އަޅުގަނޑު ދެކޭ ގޮތުގައި، ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް.” ރައީސް

ކޮވިޑު-19 ގައި ތާފާތު އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، އެމްޓީސީސީއިން އަހަރު ނިންމާލީ ބޮޑު ފައިދާއަކުން ކަމަށާއި، ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ކޮވިޑާއި އެކު ދިމާވި މައްސަލަތައް ހައްލު ކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަންޖެހޭއިރު، އެ މަސައްކަތްތައް ކުރިޔަށް ގެންދަން ޖެހޭނީ ބާރު ދުވެއްޔެއްގައި ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި، ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި 17 ރަށެއްގެ ބަނދަރު ހެދުމާއި، 27 ރަށެއްގެ ބަނދަރު ފެންވަރު މަތިކުރުމާއި، 2 ރަށެއްގައި ސަރަޙައްދީ ބަނދަރު ގާއިމުކުރުމާއި، ބަނދަރު ތޮށިލުމުގެ 5 މަޝްރޫއެއް ކަނޑައެޅިފައިވާ ކަމަށެވެ. އޭގެ އިތުރުން 22 ރަށެއްގެ މަގުތައް ހެދުމާއި، 23 ރަށެއްގެ ބިން ހިއްކުމާއި، 79 ރަށެއްގައި ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެކު ގައުމުގެ އިގްތިސޯދު ވަރަށް ބޮޑުތަނުން ދަށަށް ދިޔަ ކަމަށާއި، ގިނަ މަޝްރޫއުތަކަށް ބުރު އަރައި، އެކްސްޕޯޓު އިންޕޯޓު އެކީ ހުއްޓިގެން ދިޔަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މަޝްރޫރުތައް ހަވާލު ކުރާއިރު، އެ މަސައްކަތް ވަކި ތާރީހަކަށް ނިންމާލަން ޖެހޭނެ ކަމަށް އެއްބަސްވާއިރު އެ ތާރީހަށް އެމްޓީސީސީގެ މަސައްކަތް ނިންމާލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އޭގެ އެންމެ ބޮޑު ސަބަބަކީ ކޮވިޑުގެ ތެރޭގައި ކުންފުނިން ކުރި މަސައްކަތްތައް ކަމުގައި ވިދާޅުވިއެވެ.

ކޮވިޑްގެ ހުރަސްތަކާ އެކުވެސް، އަހަރުގެ ފުރަތަމަ 9 މަހުގެ ނިޔަލަށް، ޓެކްސްއަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވުމަކީ، ކުންފުނީގެ ހިންގުންތެރިކަމާއި، މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: