ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީއަށް!

ހުޅުމާލޭގައި އެމްޓީސީސީއިން ދެމުން ގެންދާ ބަހުގެ ހިދުމަތައް/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވިސްނުމަކީ މާލެ ސަރަހައްދުގައި ދޭ ބަހުގެ ހިދުމަތް އެމްޓީސީސީ މެދުވެރިވެގެން ދިނުން ކަމަށާއި، މަޝްވަރާތައް ނިމި އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ދޭން ފެށޭވަރު ވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި، ތަރައްގީގެ މަޝްރޫއުތައް ވީހާވެސް ހަލުވި ސްޕީޑެއްގައި ކުރިޔަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް އަންނަ އަހަރުގެ ތެރޭގައި ފެށިގެން ދާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ހާއްސަކޮށް ލާމަރުކަޒީ ނިޒާމެއް ވުޖޫދު ކުރެވި، އެ ނިޒާމުގެ ދަށުން ދޭ އަސާސީ ހިދުމަތްތައް ވަރުގަދަވާން ޖެހޭކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެއަށް ވެސް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މާލެ ފުރަބަންދުގެ ހާލަތަކަށް ދާންޖެހުނު އިރު އޭގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ސިއްހީ ނިޒާމާއި، އަދި ދަތުރުފަތުރުގެ ނިޒާމު އެތައް ގުނައަކުން ހަލުވި ކުރަންޖެހިފައިވާކަން ގަބޫލު ކުރައްވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ވެސް އެންމެ ގޮންޖެހުން ބޮޑު އަސާސަކީ ދަތުރުފަތުރުގެ ހިދުމަތްތައްކަމަށާއި، އެ މައްސަލައަށް ހައްލެއް ގެނައުމަށް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްތުކުރާ އެންމެ މުހިންމު އެއް މަޝްރޫއުއަކީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭންތައް ޕްލޭނިން މިނިސްޓްރީ އާއި، ޓްރާންސްޕޯޓު މިނިސްޓްރީއިން އެކުލަވާލާފައިވާކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

“ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ހިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތް. އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްދުކުރާ އެންމެ މުހިންމު އެއް މަޝްރޫއަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް. އެކަން ކުރާނެ ގޮތުގެ ޕްލޭންތައް، ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފައި” ރައީސް ސޯލިހު

މި މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ވިސްނަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެކަމުގެ މަޝްވަރާތައް ކުންފުންޏާއި މިނިސްޓްރީއާއި ދެމެދު ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. އެމްޓީސީސީއަކީ ކާމިޔާބު އަދި ތަފާތު އެތައް މަސައްކަތްތަކެއް ކުރިޔަށް ގެންސްގޮފައިވާ ކުންފުންޏެއް ކަމަށާއި، އުންމީދަކީ މިއީ ކާމިޔާބު މަޝްރޫއަކަށް ވެގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަޖެހޭ ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި ބަހުގެ ހިދުމަތް އެމްޕީއެލްއާއި، އެމްޓީސީސީއިން ފޯރުކޮށްދޭއިރު ސަރުކާރުގެ ވިސްނުމަކީ، މި ސަރަހައްދުގެ ބަހުގެ ހިދުމަތް ވެސް، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވިވއެވެ. އެ މަސައްކަތުގެ މަޝްވަރާ މަރުހަލާ ނިމިފައިވާއިރު، އަންނަ އަހަރުގެ ކުރީކޮޅު ހިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: