ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރެއް ނުކުރޭ: ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު އަބްދުﷲ ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް އަށާރަވަނަ އަހަހަރުގެ ފެބްރުއަރީ އެކެއްގައި ނެރުނު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުޚާރުގައި ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކު ހައްޔަރުކުރީ 1 ފެބްރުއަރީ ، 2018 ގައި ނެރުނު ބޮޑު އަމުރާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ކަނޑައެޅި އެވެ.

އެ އަމުރާއި ގުޅިގެން އޭރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ސިފައިން ހައްޔަރުކުރިއެވެ. އެއަށްފަހު ދެން އުއްތަމަފަނޑިޔާރު ކަމަށް ވަޑައިގެންނެވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. އަދި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ބާކީތިބި ތިން ފަނޑިޔާރުން ވެގެން ބާތިލްކުރިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ޓީނު ނެގި މައްސަލައާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ޤާޒީ އަބްދުﷲ މުހައްމަދު ވަގަށް ނެގި މައްސަލަ އަލުން ބަލަން ޖެހޭ ކަމުގައި އަލްހާން ފަހުމީ ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް ޔާމީން ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށެވެ.

ދީދީ ވިދާޅުވީ މިމައްސަލާގައި ބަލަންޖެހޭ ކަމުގައިވާނަމަ ބަލަންޖެހޭނީ އޭރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ސްޕްރީމް ކޯޓުގައި އޭރު ތިއްބެވި ބައެއް ފަނޑިޔާރުންނާއި ގުޅިގެން ވެރިކަން ވައްޓާލަން ރޭވިކަމުގެ މައްސަލަ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރު އޭރުގެ ސަރުކާރުން ތަންފީޒު ނުކުރީ، އެއަމުރުގައި ތުހުމަތު ކުރެވޭ އެތައްކަމެއް ހާމަވެ، ސަރުކާރު ވައްޓާލަން ރޭވިގެން ދެވުނު ހަމަލާއެއްކަމަށް ބުނެއެވެ. އަދި އެއީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ނެރުއްވި އަމުރެއް ކަމަށް ތުހުމަތު ކޮށް، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: