ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީން ކޯޓުގެ ޓިނު ނެގި ވާހަކަދައްކަނީ ބަޣާވާތުގެ ހަގީގަތް އޮޅުވާލަން: އާދަމް ޝަރީފް

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ޓިނުނެގި ވާހަކަ ދައްކަނީ ބަޣާވާތުގެ ހަގީގަތް އޮޅުވާލުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސް ޔާމީން ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުުވުމާއި ގުޅިގެންނެވެ.

ޑރ. ދީދީ އިއްޔެ ވިދާޅުވީ ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި ބަލަންޖެހޭ ހަގީގީ މައްސަލައަކީ ގާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތު ކުރެވުނު/ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށެވެ.

ދީދީގެ މި ވާހަކަތަކާ ގުޅުވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓްގެ ޓިނު ނެގި ވާހަކަ ދައްކަނީ ބަޣާވާތުގެ ހަގީގަތް އޮޅުވާލުމަށްކަމަށެވެ.

“2018 ފެބުރުއަރީ 1 ގައި ރައީސް ޔާމީން ކުއްވެރިވި ކަމަކީ ޤާނޫނު އަސާސީ ނެގެހެއްޓުން. އެދުވަހު އެމަނިކުފާބު އަދާކުރެއްވީ “ޤާޒީ”ގެ ލަގަބު ހައްޤު ޤައުމީ ޒިންމާއެއް. އެދުވަހު ދިވެހި ސިފައިންވެސް ދެއްކީ ޤައުމަށް އިޚްލާސްތެރިކަމުގެ މިސާލެއް.” ޝަރީފް ވިދާޅުވިއެވެ.

ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ކަނޑައެޅި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: