ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ އެކަނިވެސް 4567 ފަތުރުވެރިން ރާއްޖެއަށް

ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިންތަކެއް --- ގޫގުލް އި ިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯޑަރު ހުޅުވާލިފަހުން އިއްޔެ އެކަނި ވެސް 4567 ފަތުރުވެރިން ރާއްޖެއައިސްފިއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން މާޗު 27ގައި ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި 15 ގައެވެ. އޭގެ ފަހުން މަހުން މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ބޯޑަރު ހުޅުވާލިފަހުން 18 ޑިސެމްބަރުގެ ނިޔަލަށް 122,245 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މި އަހަރުގެ ތެރޭގައި އެހާތަނަށް ޖުމްލަ 505,092 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

މިވަގުތު ޖުމްލަ 458 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ 138 ރިސޯޓު،މެރީނާ ނުވަ ހޮޓެލް އަދި 129 ސަފާރީ އާއި 182 ގެސްޓްހައުސް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: