ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭގެ ފަހުމުނުވި ދޯހަޅި އުސޫލުތައް!

މާލޭގައި އެޗްޕީއޭއިން ރެންޑަމް ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގަވާއިދުތަކާއި އުސޫލުތައް ތާކުންތާކު ނުޖެހޭކަމުގެ ވާހަކަ އަބަދުވެސް ރައްޔިތުން ދައްކައެވެ. ކޮވިޑާއި ގުޅިގެން އެކުލަވާލި އުސޫލުތަކާއި ގައިޑްލައިނަށް ދެ އިރު ބޯ ބޭހެއްހެން ގެންނަމުންދާ ބަދަލުތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮވެއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ބަދަލު ގެންނަނީ ކޮންމެވެސް މޮޅު ވާހަކައެއް ދައްކާފައެވެ. އެންމެ ފަހުން މިހާރު އާ އަހަރަށް ރިސޯޓުތަކަށް ދިޔުމަށް އެވަނީ މަގު ފަހިކޮށްލަދީފައެވެ. އެއީ އަދި އެންމެ ކަމެކެވެ. މީގަގައި ނުރައްކާ ތެރި ކަމަކީ ބަލި ފެތުރިފައިވާ ގައުމުތަކުން އަންނަ ބިދޭސީން ރިސޯޓް ތަކަށް އައިސް ގޮސް ހަދަމުންދާއިރު މާލެއިން ރިސޯޓް ތަކަށާއި ބަލި ފެތުރިފައިވާ ގައުމުތަކަށް މާލޭން ފުރައިގެން ގޮސް އައިސް ކަރަންޓީން ވާން ނުޖެހި ސްކޫލަށާއި އޮފީސް ތަކަށާއި އެކިތަންތަނަށް ދެވޭ ގޮތަށް އޮތުމެވެ.

ކޮވިޑް-19 ގެ އަސަރު ރާއްޖެއަށް ފޯރާ އެންމެ ފަހުން މާލެއަށް ފުރަތަމަ ބަލި ފެތުރިގެން ދިޔަ ދުވަސްވަރު ކަންތައް ވީގޮތް ހަނދާނަށް ގެންނަންޖެހެއެވެ. މާލެގައި ބަޔަކު ޕާޓީ ބޭއްވި ކަމާއި މަސް ދަތުރު ދިއުމާއި ބޭރުގެ ފެއާ އަކަށްވެސް ބަޔަކު ގޮސް އައިކަމާއި އޭގެ ތެރިއިން ބަޔަކު ޕޮޒިޓިވެ، ކޮމިއުނިޓީ ސްޕްރީޑަކަށް ހުށަހެޅި ރައްޔިތުން ގޭ ބަންދުވާން ޖެހުނުކަން ހަދާނުގައި ހަރުލާފައި ހުންނާނެ ކަމަށް ދެކެމެވެ. އަނެއްކާ އެ ކަންތައް މިފަހަރު ތަކުރާރު ވުމުގެ ފުރުސަތު ކިހާވަރަކަށް އޮތްތޯ އެޗްޕީއޭ ބެލާފައިވާ ކަމާމެދު ސުވާލު އުފައްދަންޖެހެއެވެ. އެއީ ތަކުރާރުވާން މިއުޅެނީ އެފަދަ ކަމެއްކަމަށް ވުމާއިއެކުއެވެ.

ޙަގީގަތުގައި ގިނަ ރައްޔިތުން ޤަބޫލުކުރަނީ އެޗްޕީއޭ އަކީ މިހާރު ނަމެއްގައި ހިނގާތަނެއް ކަމަށެވެ. އެތަނުގެ ވެރިންގެ އެއްވެސް ބާރެއް ނެތް ތަނެއްގެ ގޮތުގައެވެ. އެކަން ވަރަށް ރަނގަޅަށް ވާހަކަތަކުން އެނގެއެވެ. ޓެގް ޓީމުގެ ބޭފުޅުންގެ ވާހަކަތަކާއި އުސޫލްތަކަށް ގެންނަ އަވަސް ބަދަލުތަކުން އެގޭނެ ވަމުންދާ ގޮތް ވަރަށް ސާފެވެ. ބައެއް މީހުން އެމީހުން ބޭނުންވާ ގޮތަށް ބިރުކުޑަ މަޖަލުގައި ރާއްޖޭގައި އާ އަހަރު ފާހަގަ ނުކުރެވޭތީ ކޮންމެ އަހަރަކުވެސް ރިސޯޓުތަކަށާއި އެހެން ގައުމުތަކަށް ދާކަން އެންމެންވެސް ދަނެއެވެ. ކޮވިޑްގެ މިޙާލަތުގައި ދިން ލުއިތަކާމެދު ބައިވަރު ސުވާލު އުފެދެއެވެ.

އެޗްޕީއޭ ވެރިންގެ ވާހަކަތަކާއި އުސޫލުތަކަށް ބަލާއިރު އަތޮޅުތެރޭގެ ރަށްރަށް ކޮވިޑް ފެތުރުނަ ނުދޭން ކިތަންމެހާވެސް ބޭނުންވެއެވެ. ރަށްތައް ރައްކާތެރި ކުރަން ބޭނުންވާ ނަމަ ވަކި ބަޔަކަށް ހާއްސަ ހުއްދައެއް ދީ ކޮންމެހެން ތިން ދުވަސް ދިނުމުގެ ބޭނުމެއް ނެތެވެ. މުއްސަނދިން ބޭ ބޭނުންވާ ހުރިހާ ގޮތަކަށް އެމީހުން ޖަހާހާއި ބެރަކަށް ނަށާކަށް ނުޖެހެއެވެ. އެޗްޕީއޭ އަކީ ސަރުކާރުގެ ތެރޭގައި ތިބި ނުފޫޒު ގަދަ މީހުންގެ ޕްރެޝަރަށް އުސޫލުތައް އަނބުރާ ތަނެކޭވެސް ހީވެއެވެ. އުސޫލުން ތަންތަންކޮޅު ވީދައި ދަމައި ހެދިޔަކަސް ކޮވިޑް-19 އުސޫލު ބުނާ ގޮތެއް ނަހަދާނެއެވެ. ރަށުތެރެއިން ކޮވިޑް-19 އަށް މީހުން ޕޮޒިޓިވް ވަންޏާ އެއީ ކޮވިޑް-19 ފެތުރެނީއެވެ. ފެތުރިފައި އޮތް މިންވަރު އެކަކަށްވެސް ނޭނގޭނެއެވެ. ބަލިޖެހިފައިތިބޭ އެތައް ބަޔަކު ޓެސްޓް ނުކޮށް ހޮސްޕިޓަލްތަކަށް ނުގޮސް ވެސް އުޅެދާނެކަން ދަންނަން ޖެހެއެވެ.

އެންމެ ޓެސްޓް ނުކުރެވޭހާ ހިނދަކު ބަލި ފެތުރިފަ އޮތް ވަރު އެނގޭނެ ގޮތެއް ނޯންނާނެއެވެ. އެޗް.ޕީ.އޭ ސިޔާސީ ވެގެން މި ބަލި ކޮންޓްރޯލް ކުރެވޭކަށް ނެތެވެ. ބައްޔާއެކު އުޅެން ދަސްކުރާށޭ ބުނާ މީހުންވެސް އެއްވެސް އުސޫލަކަށް ތަބާވުމެއް ނެތެވެ. ހިތުހުރިހާގޮތަކަށް އުޅެނީއެވެ. ބަލި ފެތުރޭނެ ހުރިހާ ގޮތެއް އޮތިއްޔާ އެގޮތަށް އުޅެވެނީއެވެ. ދެން އަންނަ ވޭވް ކުރިއަށް ވުރެބޮޑުވެސް ވެދާނެއެވެ. ތިޔަ ބުނާ ގޮތަށް އަތޮޅުތެރެ ރައްކާތެރި ކުރަން ނުޖެހެއެކޭ ނޫނެވެ. އެކަމަކު 5 ދުވަހުގެ ޚާއްޞަ ހުއްދަ ހިފައިގެން އެހެން މީހުނާ އެއް ބޯޓެއްގަ ރަށަށް އައިސް މުޅި ރަށުގައި ކެފޭތަކަށް އަރައި ގޭގެއަށް ގޮސް ބާބެކިޔުގައި ބައިވެރިވެ ނޫނީ ރަށު ކުދިބޮޑު އެންމެން އެއްކޮށްގެން ބޭންޖަހާއި ހަވާ އަރުވާ އިރު ރައްކާތެރި ވެވެންޏާ އުފަން ރަށަށް ޗުއްޓީގަ އަންނަ މީހާގެ ސަބަބުން ވާނެ ނުރައްކަލެއް ނުވިސްނެއެވެ.

ކޮވިޑްގެ ނެގެޓިވް ޓެސްޓަކާ އެކު ރިސޯޓްތަކަށް ދެވޭއިރު ރަށަކަށް ނުދެވެއެވެ . މިހާރު އެންމެ ރިސްކް ބޮޑު އެއްބަޔަކަށް ރިސޯޓް މުވައްޒަފުންވެ ނިމިއްޖެއެވެ. ރާއްޖެއިން ބޭރުންވެސް ރިސޯޓަށް އާދެވެއެވެ. ރަށްރަށުންވެސް ރިސޯޓަށް މިހާރު އާދެވެއެވެ. އެކަމަކު ކޮވިޑް 19 ޖެހި ރަނގަޅުވެފައި، 03 މަސްދުވަސް ނުވާކަމަށްވަނީ ނަމަ އެޗް.ޕީ.އޭގެ ‘ހާލު ބަލާ’ ޕޯޓަލްގައި ރިކުއެސްޓްކޮށްގެން 03 ދުވަސް ތެރޭ އެޕްރޫވްކޮށްގެން 03 ދުވަސް ތެރޭ ރަށްރަށައް ދާން ހުއްދައެއް ދެއެވެ. އެކަމަކު ބައެއް ރިސޯޓްތަކުން އެޗްޕީއޭގެ ހުއްދަ އޮތަސް ރިސޯޓުން ފުރުން ހުއްދައެއް ނުދެއެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުން ދިވެހިންގެ ތެރެއަށް ނުކުމެ އުޅުމުގެ ކުރިން ކޮންމެހެންވެސް ކަރަންޓީނު ކުރަންޖެހެއެވެ. މި ނޫންގޮތަކަށް މިކަން ކުރާނަމަ މި ބަލި ރާއްޖެއިން ނައްތާލުމުގެ ނުވަތަ ރާއްޖޭގައި އުޅޭ މީހުން މި ބަލީގެ ސިކާރައަކަށް ނުވެ ސަލާމަތް ކުރުމުގެ ވިސްނުމެއް އެޗްޕީއޭގައި ނެތީއެވެ. މި ކަމުގެ ތެރޭގައި ދެމި ތިބެން ބޭނުންވަނީއެވެ.

ކަރަންޓީން ވެސް އަދި އުވާލާނެއެވެ. ކޮވިޑަކީ ސަރުކާރުން ކުޅޭކުރިވަރެކެވެ. ކާފިއު މި މާލޭ ސަރަހައްދުގައި ހިންގާފައި އޮންނަކަމެއް އެގޭ ދިވެއްސެއްނެތެވެ. ދަންވަރު 3 ޖަހާއިރުވެސް ތިއޮތް ބްރިޖްމަތިން ވެހިކަލެއް ހުހެއްނުވެއެވެ. މާލޭތެރޭގައި ޒުވާނުން ބޫން ލާފައި ސައިކަލް ދުއްވާ އަޑުގަދައެވެ. ދަންވަރު ކިތަންމެ ވަރަކަށް މާލޭމަގުމަތީ ގައި ދުއްވިއަސް ފުލުހުންގެ ވެހިކަލެއް ނޫނީ ޑިއުޓީގައި އުޅޭ ސޮރަކުވެސް ނުފެންނާނެއެވެ. އެވެރިންވެސް ފެންނާނީ އިސްޓިކާއެއް ޖަހާލަންޖެހިއްޖެއްޔާއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 16%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: