ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ޕޮލިސް އެކަޑަމީ އަންނަ މާޗުގައި ނިމޭނެ، ހިންގާނީ ދިވެހި ފުލުހުން: ސީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ސީޕީ ހަމީދު އާއި ފުލުހުންގެ އިސް ބޭފުޅުން އައްޑޫއަށް ވަޑައިގެން މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ “އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް” ގެ ނަން މިހާރު އެތަނަށްކީ ނަމަވެސް އެއީ މިހާރު އެއީ “ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް” އެވެ.

ސީޕީ ވިދާޅުވީ އެ ތަނުގެ 70-75 ޕަސެންޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ މާޗްގެ ނިޔަލަށް މަސައްކަތް ނިންމަން ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ޕޮލިސް އެކަޑަމީ އަކީ ލޯ އެންފޯސްމަންޓު އިންސްޓިޓިއުޓެއް ކަމަށާއި އެތަން އިންޑިއާގެ މިލިިޓަރީ ބޭސްއަކަށް ސިފަ ނުކުރެވޭކަމަށެވެ. އަދި އެކަޑަމީގެ އެއްބަސްވުމުގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް ބަލާ އިރު އެކަން އޮތީ އިންޑިއާގެ ނުފޫޒު އޮންނާނެ ގޮތަކަށް ނޫން ކަމަށާއި އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ސީޕީ ވިދާޅުވި އެވެ.

“ތިބޭފުޅުންނަށް މި ދެއްކީ މިތަނުގެ އެތެރެ، މިތަނަށް ބަލާލީމަ ވެސް އެނގޭނެ މިލިޓަރީ ތަނެއް ނޫންކަން މިއީ. މިތަން ވާނީ ދިވެހި ފުލުހުން އޯންކުރާ ފެސިލިޓީއަކަށް. މިތަނުގެ ބެލެނިވެރިކަން ސަރުކާރުން އޮތީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައި. މިތަން ބޭނުންކުރެވިގެން ދާނީ ފުލުހުންނާއި ރާއްޖޭގެ އެހެން އެންފޯސްމަންޓް އިދާރާތަކުގެ ޓްރޭނިންތަކަށް ބޭނުން ހިފާނެ ތަނަކަށް،” ހަމީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: