ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ހާއްސަ ޖަލްސާއެއް ހޮނިހިރު ދުވަހު

ޕީޕީއެމްއިން މާލޭގެ ކާނިވާ ސަރަހައްދުގައި، ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަނުގެ ފަރާތުން އަންނަ ހޮނިހިރު ދުވަހު ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

މިޖަލްސާއާއި ގުޅޭގޮތުން މިއަދު ޕީޕީއެމް އޮފީހުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކާނިވާ ސަރަހައްދުގައި “ވިސްނާ” ނަމުގައި ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8.30 ގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިޖަލްސާއަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު ދޭ ކަމަށާއި މިޖަލްސާގެ އެންމެބޮޑު މަޤްސަދަކީ ރައްޔިތުންގެ ގެއްލެމުންދާ ހައްގުތައް ހޯދުމަށް އަޑު އުފުލުމާއި، ސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންކަން ރައްޔިތުންނަށް ހާމަކުރުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ  މިއީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއިމެދު ސަރުކާރުން ކުރަމުންދާ އެކި އެކި ކަންކަން ހާމަކޮށް ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމަށް ބާއްވާ ޖަލްސާއެއްކަމަށެވެ. މިޖަލްސާގައި އިދިކޮޅު ކޯލިޝަންގެ އިސްސަފުގައި ހަރަކާތްތެރިވާ ހުރިވާ ބޭފުޅުންނައި، މާލޭގެ އެކި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ޝުޖާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: