ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީއިން ވިޔަފާރިކުރުމަށް ޔުނިޓެއް ދޫކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިޔަފާރިކުރުމަށް ހުޅުމާލެއިން ޔުނިޓެއް ދޫކުރުމަށް ނިންމައިފިއެވެ.

އެޗްޑީސީއިން އާންމުކޮށްފައިވާ އިއުލާނެއްގައިވަނީ ވަން އެވެނިޔު ސަރަހައްދުން މިނި މާރޓް ނުވަތަ ކޮންވީނިއަންސް ސްޓޯރެއް ތަރައްގީކުރުމަށް ހުޅުވާލާ ކަމަށެވެ. މި ޔުނިޓު ދޫކުރުމަށް ހުޅުވާލަނީ ވަން އެވެނިޔު ލޮޓް ނަމްބަރު 11441 އިންނެވެ.

އެޗްޑީސީއިން ބުނީ، މިނި މާރޓް ނުވަތަ ކޮންވީނިއަންސް ސްޓޯރަކާއެކު އެ ހިސާބުގައި ދިރިއުޅެމުންދާ މީހުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ސަރަހައްދުގައި އުޅެމުންދާ އާންމު ރައްޔިތުންނަށް ލުއިފަސޭހަތައް ލިބުމުގެ އިތުރަށް ސަރހައްދުގެ ކޮމާޝަލް ހަރަކާތްތައް އިތުރުވެގެންދާނެކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.

އިއުލާނުގައިވާގޮތުން 1726.74 އަކަފޫޓުގެ ބިމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަސް އަހަރު ވަންދެން ބިމުގެ ކުއްޔަކީ މަހަކު، އަކަފޫޓަކަށް 32 ރުފިޔާކަމަށް އިއުލާނުގައިވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށް އިއުލާނުގައިވެއެވެ.

ވިޔަފާރިކުރުމަށް ހުޅުމާލެއިން ޔުނިޓެއް ދޫކުރުމަށް ނިންމާފައިވާއިރު، ދާދިފަހުން ވަނީ ހުޅުމާލޭގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށްވެސް ހުޅުވާލާފައެވެ. މި މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: