ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެދަންއަށް ފަހު، ހުޅުމާލެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ޖެލީ ފިޝް!

ހުޅުމާލެ ގޮނޑުދޮށަށް ޖެލީ ފިޝް އަރާފައި/ ފޮޓޯ: އަމީ؛ ޓްވިޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ޖެލީފިޝް އަރާފައިވާތީ އެކަމަށް ސަމާލުވާން އެޗްޑީސީން ބުނެފިއެވެ.

މި ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ފުރާލީ ހުޅުމާލޭގެ ގޮނޑޮދޮށުގައި ރެދަންލާފައިވާ ފޮޓޯތަކާއި އެކުއެވެ. ރޭގަނޑުގެ އެ ހިތްގައިމު ވަގުތުގެ މަންޒަރު ބަލާ، ފޮޓޯތައް ނަގަން އެތައް ބަޔަކު އެ ސަރަހައްދަށް ޖަމާވިއެވެ. އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި އާއްމުންގެ ސަމާލުކަމަށް އައީ، ރެދަންލާފައިވާ ސަރަހައްދުން ދުވާލު ގަޑީ ޖެލީފިޝް ފެމުމުންނެވެ.

ހުޅުމާލެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ޖެލީފިޝް އަރާފައި ވެއެވެ.

ހައުސިން ޑެވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ ހުޅުމާލޭ ގޮނޑުދޮށަށް ދެ ވައްތަރެއްގެ ޖެލީ ފިޝް އަރަމުންދާ ކަމަށެވެ. އެއީ “ބްލޫ ބަޓަން” އާއި “ބްލޫ ބޮޓަލް” ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މިއީ ނުރައްކާތެރި ބާވަތެއްގެ ޖެލީ ފިޝްއެއް ނޫންނަމަވެސް، ގައިގެ ހަމުގައި އެ ޖެހުމުން އެލާޖިކުވުމަކީ އެކަށިގެންވާ ކަމަކެވެ. އޭގެ ތެރޭގައި ގައި ހިރުވުމާއި، ދިލަ ނެގުން ހިމެނެއެވެ. އެހެން ނަމަވެސް ސިއްހީ ގޮތުން މާބޮޑު ގެއްލުމެއް ނުވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

އެޗްޑީސީއިން ވަނީ ރޭގަނޑު ގަޑީގައި، ހުޅުމާލެ ބީޗް ސަރަހައްދަށް ގޮސް އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: